މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން

މިއޮފީހުގެ އިޢުލާން ނަންބަރު MPAO/I/2015/06-ފ216 (19 ޖަނަވަރީ 2015) އަށް އެކަށީގެންވާ އަދަދަކަށް ބިޑް ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.

މިއޮފީހަށް ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

  1. ޑޭޓާ ސެންޓަރ ވަރޗުއަލައިޒޭޝަން ސޮފްޓްވެއަރ އެޅުމާއި ސެޓްއަޕް ކުރުން.
  2. ޗެކްޕޮއިންޓް ފަޔަރވޯލްގެ މޮނިޓަރިންގ އަދި އެންޓި-ބޮޓް ސޮފްޓްވެއަރ ބުލޭޑް ހޯދުމަށްފަހު މޮނިޓަރިންގ ސްޓޭޝަނެއް ޤާއިމުކުރުން.
  3. ސްޓޯރޭޖް އޭރިއާ ނެޓްވާރކެއް ޤާއިމުކުރުން.
  4. ކޮންޓެކްޓް ސެންޓަރެއް ޤާއިމުކުރުން.

މިމަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 ފެބުރުވަރީ 2015 ވާ އަންގާރަ ދުވަހުގެ 14:00 އަށް މިއޮފީހަށް ވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

މަތީގައި ބަޔާންކުރެވިފައިވާ ކޮންމެ މަސައްކަތަކަށް ޕްރޮޕޯޒަލް ހުށަހަޅުއްވަންވާނީ ވަކިންނެވެ. މިމަސައްކަތްތަކާބެހޭ އިތުރު މަޢުލޫމާތު މިއޮފީހުގެ ވެބްސައިޓް ލިންކް www.pension.gov.mv/downloads/tor ގައި ޝާއިޢުކުރެވިފައިވާނެއެވެ.

މި މަސައްކަތްތަކާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންފުޅުވާނަމަ، 12 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން ތިރީގައި ބަޔާންކުރެވިފައިވާ މިއޮފީހުގެ އީމެއިލް އެޑްރެސް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

އަމީނީމަގު، މާލެ، ދިވެހިރާއްޖެ.

ފޯން: 3309908 (އެކްސްޓެންޝަން: 311)

ފެކްސް: 3307759

އީމެއިލް: [email protected]

05 ފެބުރުވަރީ 2015
ހޯދާ