ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ޙިފްޒް ކުލާހަށް ދަރިވަރުން ނެގުމަށް

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ޙިފްޒް ކުލާހަށް ދަރިވަރުން ވެއްދުން:

      ކީރިތި ޤުރުއާނާއިބެހޭ ޤައުމީ މަރުކަޒުގައި ކުރިއަށްގެންދާ ޙިފްޒް ކުލާސްތަކުގައި ބައިވެރިވެވޭ އުސޫލަށްވަނީ ބަދަލުގެނެވިފައެވެ. އެގޮތުން ވަކި މުއްދަތެއް ނެތްގޮތަށް ކުލާހުގައި ޖާގަ އޮތް މިންވަރަކުން ދަރިވަރުންނަށް ފުރުސަތު ދިނުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން، ފުރުސަތު ދެވޭނީ ކޯހުގައި ބައިވެރިވުމަށް ހުށައަޅާ ދަރިވަރުންގެ މެދުގައި ކުރެވޭ އިންޓަވިއުއިން ލިބޭ މާކްސްއަށް ބެލުމަށްފަހުގައެވެ. އަދި މާކްސް އެއްވަރުވެއްޖެނަމަ ފުރުސަތު ދިނުމުގައި އިސްކަންދެވޭނީ ފޯމު ހުށައަޅާފައިވާ ތަރުތީބަށެވެ. ކުލާސްތައް އޮންނާނީ ހުޅުމާލެ ފޭސް 2 އަދި މާލޭގައެވެ.

މިކުލާހުގައި ބައިވެރިވުމަށް އެދޭ ފޯމު 20 ޖޫން ވާ އަންގާރަ ދުވަހުން ފެށިގެން މި މަރުކަޒުގެ ކައުންޓަރުންނާއި މި މަރުކަޒުގެ ވެބްސައިޓުން www.chq.gov.mv))  https://chq.gov.mv/wp-content/uploads/2022/06/Hifx-FORM-NEW-2019.pdf ލިބެން ހުންނާނެއެވެ. ވީމާ، ކުލާހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން ފޯމު ފުރުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ އަދި އައިޑީކާރޑްގެ ކޮޕީ އާއެކު [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

ދަރިވަރުން ނެގުމަށް ކުރެވޭ އިންޓަވިއު އޮންނާނީ 01 އޮގަސްޓް 2023 އިން ފެށިގެންނެވެ.

20 ޖޫން 2023
ހޯދާ