ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ކޮމިއުނިޓީ ސެންޓަރެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

މި ކޯޕަރޭޝަނުން ދައްކާ ކުރެހުމަކާ އެއްގޮތަށް، ހުޅުމާލޭގައި 'ކޮމިއުނިޓީ ސެންޓަރ' އެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ހުޅުވާލަމެވެ.

މި މަސައްކަތުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/150،000 (އެއްލައްކަ ފަންސާސްހާސް ރުފިޔާ) ހުށަހަޅުއްވަން ވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 118 ދުވަހެވެ. މި މަސައްކަތަށް ހޮވިވަޑައިގަންނަވާ ފަރާތެއް ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ % 10 ހުށަހަޅުއްވަން ވާނެއެވެ. އަދި މި މަސައްކަތަށް ހޮވިވަޑައިގަންނަވާ ފަރާތަކަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ % 15، އެޑްވާންސް ޕޭމެންޓް ގެރެންޓީއެއް ހުށަހެޅުއްވުމުން، ލިބިވަޑައިގަންނަވާނެއެވެ. 

ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 05 ފެބުރުވަރީ 2015 އިން 11 ފެބުރުވަރީ 2015 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 14:30 އަށް ހުޅުމާލޭގައި ހުންނަ މިކޯޕަރޭޝަންގެ މައި އޮފީހުންނެވެ. ބީލަން ފޮތެއްގެ އަގަކީ -/200 (ދުއިސައްތަ) ރުފިޔާއެވެ. ފައިސާ ދެއްކެވުމުން ބީލަން ފޮތް ސޮފްޓްކޮޕީ ފޯމެޓްގައި މިކޯޕަރޭޝަނުން ލިބިވަޑައިގަންނަވާނެއެވެ.

މިޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 17 ފެބުރުވަރީ 2015 ވާ ދުވަހުގެ 13:00 ގައި، ހުޅުމާލޭގައި ހުންނަ މިކޯޕަރޭޝަންގެ މައިއޮފީހުގެ ޖަލްސާ ކުރާ މާލަމުގައެވެ. ބިޑް ހުޅުވުން އޮންނާނީ 08 މާރިޗު 2015 ވާ ދުވަހުގެ 13:00 ގައި މިކޯޕަރޭޝަންގެ މައިއޮފީހުގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅުއްވާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

މި ޕްރޮޖެކްޓާ ގުޅޭ އިތުރު މަޢުލޫމާތު މިކޯޕަރޭޝަނުގެ ވެބްސައިޓް: http://hdc.com.mv/announcements އިންނާއި، މިކޯޕަރޭޝަނުގެ ފޯން 3355144 އިން ލިބިލައްވާނެއެވެ.

‏‏15 ރަބީޢުލްއާޚިރު 1436

05 ފެބުރުވަރީ 2015
ހޯދާ