ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު )އޮޑިޓަރ)

މިކޯޕަރޭޝަންގެ ތިރީގައި މިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

މަޤާމް:

އޮޑިޓަރ

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

ޑިޕާރޓްމަންޓް

އިންޓާރނަލް އޮޑިޓް ޑިޕާރޓްމަންޓް

މުސާރަ:

މަހަކު -/9250 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

-   ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

-   އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

-   ފިކްސްޑް އެލަވަންސް : އަސާސީ މުސާރައިގެ %25

-    ޓެކްނިކަލް އެލަވަންސް : އަސާސީ މުސާރައިގެ 25%

-   ލިވިންގ އެލަވަންސް : އަސާސީ މުސާރައިގެ 15%

-   ފޯނު އެލަވަންސް : 450.00

އިތުރު ގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ.   

ވަޒީފާ އަދާކުރަންޖެހޭ ތަން:

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީސް

ފެންވަރު ނުވަތަ ޝަރުތު:

- އެކައުންޓިން ނުވަތަ ފައިނޭންސް ދާއިރާ އިން ޑިގްރީ އެއް ހާސިލު ކޮށްފައިވުމާއިއެކު އިންޓާރނަލް އޮޑިޓް ދާއިރާގައި މަދުވެގެން 02 އަހަރު ދުވަހު މަސައްކަތް ކޮށްފައިވުން، ނުވަތަ

- އޭސީސީއޭ (ACCA) ސްކިލް ލެވެލް ނުވަތަ އެއާއި އެއްފެންވަރެއްގެ ސަނަދެއް އޮތުމާއިއެކު މަދުވެގެން 03 އަހަރު އިންޓާރނަލް އޮޑިޓް ދާއިރާ ގައި މަސައްކަތް ކޮށްފައިވުން

- މިމަޤާމަށް ޤާބިލް ފަރާތެއްކަމާއި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާކަން އިންޓަވިއުގައި ސާބިތު ކޮށްދިނުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- އޮޑިޓް ޕްލޭނާއި އެއްގޮތަށް ހަވާލުކުރެވޭ މަސައްކަތްތައް ނިންމުން.

- އޮޑިޓް މަސައްކަތްތަކާއި ގުޅޭ އެންމެހާ ލިޔެކިޔުންތައް ތައްޔާރުކޮށް ބެލެހެއްޓުން.

- ޑިޕާރޓްމަންޓް ގެ އެހެނިހެން މަސައްކަތްތައް ކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުން.

މިވަޒީފާގައި ކުރަންޖެހޭ މަސައްކަތުގެ ތަފްސީލް ޓާރމްސް އޮފް ރެފަރެންސް ގައި ބަޔާން ކުރެވިފައި ވާނެއެވެ. މިމަޤާމުގެ ޓާރމްސް އޮފް ރެފަރެންސް މި އިޢުލާނާއި އެކު އެއް ކަރުދާސް ކުރެވިފައިވާނެއެވެ.

ސުންގަޑި:

-   މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 02  ޖުލައި 2023 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ މިކޯޕަރޭޝަންގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected]  އަށް ފޮނުއްވުން އެދެމެވެ.

-   ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ތަޢުލީމީ ނުވަތަ އެ މަޤާމަކާއި ގުޅޭ ލިޔުން ހުށަހަޅަން ޖެހޭ މަޤާމުތަކުގެ ލިޔުންތައް.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ވަޒީފާއެއް އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ލިޔުމެއް.
  5. ދޫކުރިފަހުން ތިން މަސްދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

އިންޓަވިއު:

މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ޖުލައި މަހުގެ ތާރީޚެއްގައެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

                                       2 ޛުލްޙިއްޖާ 1444

20 ޖޫން 2023
ހޯދާ