ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެނާއި ނަރުދަމާގެ ޚިދުމަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

 

 

ފެނާއި ނަރުދަމާގެ ޚިދުމަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

 

 

ގއ. ދެއްވަދޫ ގައި  ސަރުކާރުން ކުރިޔަށް ގެންދަވާ  ފެނާއި ނަރުދަމާގެ ޚިދުމަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ވިމާ، މި ޚިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކުން 2023 ޖުލައި 13 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން "ފެނާއި ނަރުދަމާގެ ޚިދުމަތަށް އެދޭ ފޯމް" މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

މި ޚިދުމަތަށް އެދޭ ފޯމް މިކައުންސިލްގެ ކައުންޓަރުން ބަންދު ނޫން ކޮންމެ ދުވަހެއްގެ  8:30 އިން 14:00 އާއި ދެމެދު  ލިބެން ހުންނާނެ ވާހަކަ ވެސް ދެންނެވީމެވެ.

 

               މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                        02  ޛުލްޙިއްޖާ  1444 

                        20  ޖޫން     2023        

20 ޖޫން 2023
ހޯދާ