އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
2015 މާރިޗު 21 ގައި ބޭއްވުމަށް ހަމަޖައްސާފައިވާ ކައުންސިލްތަކުގެ ބައި-އިލެކްޝަންގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

2015 މާރިޗު 21 ގައި ބޭއްވުމަށް ހަމަޖައްސާފައިވާ ކައުންސިލްތަކުގެ ބައި-އިލެކްޝަންގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

2015 މާރިޗު 21 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ހއ. މުރައިދޫ ކައުންސިލާއި ދ. އަތޮޅު ކައުންސިލް (މީދޫ ދާއިރާ)ގެ ބައި-އިލެކްޝަނަށް ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު، މިއަދު (03 ފެބުރުވަރީ 2015) ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފީމެވެ. މި ލިސްޓު ދިވެހިސަރުކާރުގެ ގެޒެޓުގެ ވެބްސައިޓް (http://www.gazette.gov.mv) އިންނާއި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި ހއ. މުރައިދޫ ކައުންސިލުންނާއި، ދ. މީދޫ ކައުންސިލުންނާއި، ދ. ބަނޑިދޫ ކައުންސިލުންނާއި، ދ. ރިނބުދޫ ކައުންސިލުންނާއި، ދ. ހުޅުދެލި ކައުންސިލްގެ އިދާރާއިންވެސް ޢާންމުކޮށް ފެންނަން ހުންނާނެއެވެ.

ގެޒެޓު ކޮށްފައިވާ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ޝަކުވާ ހުށަހަޅާނީ، 2015 ފެބުރުވަރީ 03 އިން 2015 ފެބުރުވަރީ 12 ގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން ހަވީރު 3:00 އަށެވެ. ޝަކުވާ ހުށަހަޅާނީ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާބެހޭ ޝަކުވާ ހުށަހަޅާ ފޯމުންނެވެ. މި ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ އިލެކްޝަންސް ކޮމިޝަންގެ އިދާރާ (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގުގެ 5 ވަނަ ފަންގިފިލާ) އިންނާއި ހއ. މުރައިދޫ ކައުންސިލުންނާއި، ދ. މީދޫ ކައުންސިލުންނާއި، ދ. ބަނޑިދޫ ކައުންސިލުންނާއި، ދ. ރިނބުދޫ ކައުންސިލުންނާއި، ދ. ހުޅުދެލި ކައުންސިލްގެ އިދާރާއިންނެވެ. އަދި މި ފޯމު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) ން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

13 ރަބީޢުލްއާޚިރު 1436

03 ފެބުރުވަރީ 2015
ހޯދާ