މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމާއި ގުޅޭ

                                                            (IUL)307/INDIV/2023/47 :ނަންބަރު

މިރަށު ފުޓްބޯޅަ ދަނޑުގެ ދެކުނުން އޮތް ސަރަހައްދު (ކުޑަކުދިންގެ ޕާކް އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދު) ގައި ހުރި 1 ން 15 އަށް ގަދަ ނޫކުލައިގެ ސުޕްރޭއިން ނަންބަރު ޖަހާފައިވާ 11 ރުކާއި 2 މިދިލި ގަހާއި 2 ހިރުނދުގަހުގެވެރިފަރާތްތައް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މަތީގައި ދެންނެވިފައިވާ ރުއްގަހުގެ ވެރިފަރާތުން 2023 ޖުލައި 4 ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުކުރުމުގެ ކުރިން ރުއްގަހުގައި ޖަހާފައިވާ ނަންބަރ އެނގޭގޮތަށް ލިޔުމަކުން މިއިދާރާއަށް އަންގަވައިދެއްވުން އެދެމެވެ. 

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ޖޫން 2023
ހޯދާ