މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަސް ހޯދައި ނަގައިގެން އިންދައިދޭނެ ފަރާތެއް ހޯދަން

ތުޅާދޫ ފެހިކުރުމުގެ ޕްރޮގްރާމުގެ ދަށުން އިންދަން ބޭނުންވާ ރުއްގަސް ހޯދައި ނަގައިގެން މިކައުންސިލުން ކަނޑައަޅާ ތަންތަނުގައި އިންދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ޕޮއިންޓް ދިނުމުގައި ބަލާނެ މިންގަނޑުތައް:

މާކްސް ދެވޭ ބައިތައް

މިންވަރު

ތަފުސީލު

އަގު

75%

  • މިއީ، އަންދާސީހިސާބު ހުށަހަޅާ ފަރާތުން މިމަސައްކަތް ކޮށްދިނުމަށް ހުށަހަޅާ އަގެވެ. މިބަޔަށް މާކްސް ދެވޭނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓްކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑައަގަކަށެވެ.

މުއްދަތު

25%

  • މިބަޔަށް މާކްސް ދެވޭނީ މިކައުންސިލްގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުގެ ތެރެއިން އެންމެ ކުރުމުއްދަތަކަށް މަސައްކަތް ނިންމުމަށް ހުށަހަޅާ ދުވަސް އެއީ ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓްކުރެވިފައިވާ % ހުރިހާ މުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރުމުއްދަތެއް ހުށަހަޅުއްވާ ފަރާތަކަށެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 05 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 08 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ހުށަހަޅުއްވާ އަންދާސީހިސާބު ހިއްޕަވައިގެން މިއިދާރާއަށް ހާޒިރުވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކޮށްނުދެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6600006 އާ ގުޅުއްވުން އެދެމެވެ.

08 ރަބީޢުލްއާޚިރު 1436

29 ޖަނަވަރީ 2015
ހޯދާ