ދިވެހިރާއްޖެ
މި ކުންފުނީގެ މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމު: ފާމަސިސްޓް / ސޭލްސް ރެޕްރެޒެންޓޭޓިވް ގރ 1
އަދަދު: 6
އަސާސީ މުސާރަ: -/4350ރ. އާއި -/5100ރ. އާ ދެމެދުގެ އަދަދެއް ތަޢުލީމީ ފެންވަރަށް ބަލައި ހަމަޖައްސައިދެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: އެސްޓީއޯ އައި.ޖީ.އެމް.އެޗް ބޭސްފިހާރަ
އެހެނިހެން ޢިނާޔަތްތައް:
* ފުޑް އެންޑް ހާރޑްޝިޕް އެލަވަންސް: -/1500ރ އާއި -/2100ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
* އިތުރު އެލަވަންސް: 528ރ އާއި 728ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
* އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
* މަތީތަޢުލީމު ހާސިލު ކޮށްފައިވާނަމަ ހަމަޖެހިފައިވާ ޢުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
* ޕެންޝަން
* އިންޝުއަރެންސް (ޕްރޮބޭޝަނަށް ފަހު)
މަޤާމުގެ މަސްއޫލިއްޔަތު
* ބޭސް ދޫކުރުން
* ކޭޝް އަދި ކްރެޑިޓް ބިލް ހެދުން
* ކޮންޓްރޯލް ޑްރަގްސް ބެލެހެއްޓުން
* ހަރުތަކުގައި ބޭސްޖެހުން
* މުއްދަތުހަމަވާ ބޭސްތައް ބަލާ ޗެކްކުރުން
ތަޢުލީމީ ތަޖުރިބާ:
* އެޑްވާންސް ސެޓްފިކެޓް އިން ފާމަސީ ނުވަތަ ޑިޕްލޮމާ އިން ފާމަސީ ފުރިހަމަކޮށްފައިވުން
* ކޮމްޕިއުޓަރ ސްކިލްސް (ވޯޑް އަދި އެކްސެލް)
* ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން
* ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން
މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 8 ފެބުރުވަރީ 2015ގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑް އޮފީސް ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
އެސްޓީއޯ ވެބްސައިޓް: http://www.stomaldives.com/downloads
ނޯޓު:
އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
މިމަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.
ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
އެޑްރެސް:
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑް އޮފީސް
ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345
ފޯން: 3344245 ފެކްސް: 3344041 ވެބްސައިޓް: www.stomaldives.com