ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1444 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން ބާއްވާ "ބާރަށު ޢީދު މަސްރޭސް 1444" ގައި ބައިވެރިވުމާއި ގުޅޭ

                           1444 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން މިއިދާރާއާއި، ސަރުކާރުގެ މުއައްސަސާތަކާއި އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާއި ރަށުގެ ކުލަބް ޖަމިއްޔާތަކާއި ރައްޔިތުން ގުޅިގެން ހިންގާ ޚާއްޞަ ޕްރޮގްރާމްގައި "ބާރަށު ޢީދު މަސްރޭސް 1444" ގެ ނަމުގައި މަސްރޭހެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މަސްރޭސް އޮންނާނީ 01 ޖުލައި 2023 ވަނަ ދުވަހުގެ 14:00 އިން ފެށިގެން އެދުވަހުގެ ރޭގަނޑު 20:00 އަށެވެ.

                         މަސްރޭހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ދޫކުރާ ފޯމާއި ޤަވާއިދު 19 ޖޫން 2023 ވަނަ ދުވަހުން ފެށިގެން މިއިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެއެވެ.

                          ވީމާ، މަސްރޭހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު، 28 ޖޫން 2023  ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00ގެ ކުރިން މިއިދާރާއަށް ފޯމް ހުށައެޅުއްވުން އެދެމެވެ. އަދި އީމެއިލް ކުރައްވާނަމަ މި އިދާރާގެ އީމެއިލް އެޑްރެސް އަށް [email protected] މެއިލްކުރުން އެދެމެވެ. ބައިވެރިވުމަށް ހުޅުވާލި މުއްދަތަކީ ޢީދު ބަންދާއި ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައިވާތީ މި ދުވަސްތަކުގައި ފޯރމް ބަލައިގަންނާނީ އީމެއިލް މެދުވެރިކޮށެވެ. ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

                     މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

19 ޖޫން 2023
ހޯދާ