މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ކުޑަފަރިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލުމާއި ގުޅޭ

މި އިދާރާގެ ނަންބަރު (I)288/2023/0602023 އޭޕްރިލް 25 ވަނަ ދުވަހުގެ އިޢުލާނާއި ހަވާލާދީ ދަންނަމަވެވެ.

މިލަޑުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިޙްތިސާސް ގައި ހިމެނޭ ބިމުގެ ސަރަހައްދުން ދިރިއުޅުމަށްޓަކައި ގޯތި ދޫކުރުމަށް އިޢުލާން ކުރުމާގުޅިގެން ފޯމް ހުށަހެޅުމުގެ ސުންގަޑި 2023 ޖޫން 15 ވީ ބުރާސްފަތި ދުވަހުގެ މެންދުރު 01:00 ގެ ނިޔަލަށް ހަމަވެފައިވީ އިރު ބަންޑާރަ ގޯއްޗަށް އެދި 47 ފަރާތަކުން ވަނީ ފޯމް ހުށައަޅާފައެވެ. އަދި ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅި ފޯމްތަށް ވަޒަންކުރުމުގެ މަސައްކަތް ކުރިއަށްދާކަން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. 

އިއުލާނާއި އެކު ބަންޑާރަ ގޯއްޗަށް އެދި ހުށައަޅާފައިވާ 47 ފަރާތުގެ ލިސްޓު އެއްކަރުދާސްކޮށް އާންމުކުރީމެވެ.

19 ޖޫން 2023
ހޯދާ