ދިވެހިރާއްޖެ
އިޢުލާން
2023-2024 ދިރާސީ އައު އަހަރަށް ޕްރީސްކޫލަށް ކުދިން ވެއްދުމާއި ބެހޭ
މި ފެށޭ ދިރާސީ އައު އަހަރު 2023-2024 ވަނަ އަހަރު ގއ ކޮލަމާފިން ހިންގާ ޕްރީސްކޫލްގެ ބޭބީ ނާރސަރީ އަދި ނާރސަރީއަށް ކުދިން ވައްދަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލަމެވެ.ޕްރީސުކޫލަށް ކުދިން ވެއްދުމަށް ބޭނުންވެލައްވާ ފަރާތްތަކުން ކައުންސިލްގައި ރަޖިސްޓްރީވުމަށް 19 ޖޫން 2023 އިން 31 ޖުލައި2023 ވާ ހޯމަދުވަހުގެ 13:00 ހަމައަށް ފުރުސަތުހުޅުވާލަމެވެ.
ގްރޭޑް |
2024-2023 ވަނަ އަހަރު ގްރޭޑަށް ވަދެވޭ އުމުރު ފުރާ |
ބޭބީ ނާރސަރީ |
2023 ވަނަ އަހަރު އޮގަސްޓް 1 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިން |
ނާރސަރީ |
2023 ވަނަ އަހަރު އޮގަސްޓް 1 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރޭ ކުދިން |
ކުދިން ޕްރީސްކޫލަށް ވައްދަން ރަޖިސްޓްރީ ކުރާ ފޯމް މި ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ..ފޯމް ހުށަހަޅުއްވާއިރު ކުއްޖާ އާއި ބެލެނެވެރިޔާގެ އައި ޑީ ކާޑް ކޮޕީ ފޯމާއެކު ހުށަހަޅުއްވަން ވާނެއެވެ.
މިހެންވެ މިކަން އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
30 ޛުލްޤައިދާ 1444
19 ޖޫން 2022