މިލަދުންމަޑުލު ދެކުނުބުރީ ޅޮހީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2024-2023 ވަނަ އަހަރު ދަރިވަރުން ޕްރީ ސްކޫލަށް ވެއްދުމާ ގުޅޭ

2024-2023 ވަނަ އަހަރު ދަރިވަރުން ޕްރީ ސްކޫލަށް ވެއްދުމާ ގުޅޭ

                 2024-2023  ވަނަ އަހަރަށް މި ކައުންސިލުގެ ދަށުން ހިންގާ ޕްރީ ސްކޫލްގެ ބޭބީ ނާސަރީ އަދި ނާސަރީ އަށް ދަރިވަރުން ވެއްދުމުގެ ފުރުސަތު މިއަދުން ފެށިގެން  (19 ޖޫން 2022) ހުޅުވާލަމެވެ. ތިރީގައި އެވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަން ގެ ސަކިއުލަރ 22-E/CIR/2023/08 އިން ޕްރީ ސުކޫލަށް ކުދިން ވެއްދުމުގައި އުމުރުފުރާ ކަނޑައަޅާފައިވާ ގޮތުގެ ތަފްސީލެވެ.

ގްރޭޑް

2024-2023ވަނަ އަހަރު ގްރޭޑަށް ވަދެވޭ ޢުމުރުފުރާ

ބޭބީ ނަރސަރީ

2023 ވަނަ އަހަރުގެ ޖުލައި 31 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރޭކުދިން

ނަރސަރީ

2023 ވަނަ އަހަރުގެ ޖުލައި 31 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރޭކުދިން

 

        ވީމާ 06 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން "ޕްރީ ސްކޫލަށް ދަރިވަރުން ވައްދަން އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށް ފަހު ކައުންސިލް އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މި ފޯމް ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.

19 ޖޫން 2023
ހޯދާ