1. ބީލަން ރަޖިސްޓަރީ ކުރުން
|
- ބީލަން ހުށަހަޅާ ފަރާތްތަކުން، ބީލަން ރަޖިސްޓަރީ ކުރަންވާނެއެވެ. ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ ފޯމް މިއިދާރާގެ ކައުންޓަރުންނާއި، މިއިޢުލާނާއިއެކު ގެޒެޓްގައި އެއްހީރަސް ކުރެވިފައިވާ ފޯލްޑަރއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ނުވަތަ ތިރީގައިވާ ލިންކުގައި ރަޖިސްޓަރީ ކުރަންވާނެއެވެ.
- ރަޖިސްޓަރީ ކުރުމުގެ މުއްދަތު: 18 ޖޫން 2023 09:00 ން 22 ޖޫން 2023، 13:00 ށް، ބަންދުނޫން ކޮންމެދުވަހެއްގެ ރަސްމީގަޑީގައެވެ.
- އޮންލައިންކޮށް ރަޖިސްޓަރީވުމަށް: https://forms.gle/9A5nQVByJYoxSoRH8
- އީމެއިލް އެޑްރެސް[email protected] އަށް ފޯމް އީމެއިލްކޮށްގެންވެސް ރަޖިސްޓަރީކޮށް ދެވޭނެއެވެ.
- ބީލަން ރަޖިސްޓަރީވިކަން ކަށަވަރުކުރުމަކީ، ފޯމް ހުށަހަޅުއްވާފަރާތުގެ ޒިންމާއެކެވެ. ބީލަން ރަޖިސްޓްރީ ކުރުމަށް ހަމަޖެހިފައިވާ މުއްދަރުގައި ރަޖިސްޓްރީނުކުރާ ފަރާތްތަކަށް ބީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.
|
2. ރަޖިސްޓަރީ ކުރުމަށް ހުށަހެޅުން
|
- ރަޖިސްޓަރީ ކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (2014/18) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (2014/19) ގެ ދަށުން ރަޖިސްޓަރީވެ، ރަޖިސްޓަރީގެ މުއްދަތު ހަމަނުވާ ފަރާތްތަކެވެ.
- ނޯޓް: ބީލަން ހުށަހެޅުމުގައި ބައިވެރި ވެވޭނީ މީގެތެރެއިން ކޮންމެވެސް އެއް ޙައިސިއްޔަތަކުންނެވެ.
|
3. މަޢްލޫމާތު ސާފުކޮށްދިނުން
|
- އިތުރުމަޢުލޫމާތު ސާފުކުރުމަށް، ކޮޅުމަޑުލު އަތޮޅުކައުންސިލްގެ އިދާރާގެ [email protected] ށް މެއިލްކޮށްގެން ނުވަތަ ނަންބަރ 6780700 ނުވަތަ 9966030 ފޯނު ތަކަށް ގުޅުއްވައިގެނެވެ.
|
4. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ސުންގަޑި
|
- ތަން: ކޮޅުމަޑުލު އަތޮޅުކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމް (ވޭރުމާލަން)
- ތާރީޚް: 06 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި.
- ބަދަލުގައި މީހަކު ފޮނުވާނަމަ، ހުށަހަޅާ ފަރާތުގެ އައިޑީ ކާޑްގެ ފޮޓޯކޮޕީ އަކާއި، ހުށަހަޅާފަރާތުގެ ސިޓީއެއް ފޮނުއްވަން ވާނެއެވެ.
- ބީލަން ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ.
|