ދިވެހިރާއްޖެ
ތ. ވިލުފުށީ މަސްޖިދުލް ޢުމަރު ފާރޫޤް މިސްކިތް މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މިއިދާރާގެ ނަންބަރު (IUL)383-ESD/383/2023/64 (31 މޭ 2023) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވާތީ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން https://rb.gy/jjz5x މި ލިންކު މެދުވެރިކޮށް 2023 ޖުލައި 02 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. މި އިޢުލާނާ ގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުން ތިރީގައިވާ ތާވަލާއި އެއްގޮތަށް މި އިދާރާގައި ކުރިއަށްދާނެއެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް އެދި ރަޖިސްޓްރީވުމަށް ކަނޑައަޅާފައިވާ ވަގުތުގެ ކުރިން ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމާ ގުޅޭ މަޢުލޫމާތު، ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އީމެއިލްގެ ޒަރިއްޔާއިން ފޯރުކޮށްދެވޭނެއެވެ.
|
ތާރީޚް |
ގަޑި |
ދުވަސް |
ތަން |
މަޢުލޫމާތު ސާފުކުރުން (ޕްރީ ބިޑް މީޓިންގ) |
03 ޖުލައި 2023 |
13:15 |
ހޯމަ |
ކައުންސިލްގެ އިދާރާ |
އަންދާސީ ހިސާބު ހުށަހެޅުން |
06 ޖުލައި 2023 |
13:15 |
ބުރާސްފަތި |
ކައުންސިލްގެ އިދާރާ |
މި ބީލަމުގައި ބައިވެރިވުމަށްއެދި އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780701/9774004 ފޯނަށް ގުޅުއްވުން އެދެމެވެ.