ދިވެހިރާއްޖެ
އިޢުލާނު
2023 ޖުލައި 28 ވާ ހުކުރު ދުވަހުގެ ރޭ މި އޮފީހުން ބާއްވާ ރަސްމިއްޔާތަކަށް ބިލެތްމީރުކޮށްލެއްވުން ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުން
މި އަހަރުގެ ޖުލައި 28 ވާ ހުކުރު ދުވަހުގެ ރޭ މި އޮފީހުން ބައްވާ ރަސްމިއްޔާތަކަށް ބިލެތްމީރުކޮށްލެއްވުން ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މި ކަމަށް އެދޭ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް، 2023 ޖޫން 22 ވާ ބުރާސްފަތި ދުވަހުގެ 10:30 ގެ ކުރިން މި އިޢުލާނުގައިވާ އީ-މެއިލް އެޑްރެހަށް މަޢުލޫމާތު ކަރުދާހުގައި އެދިފައިވާ މަޢުލޫމާތާއެކު މެއިލް ކުރުން އެދެމެވެ. މަޢުލޫމާތު ފުރިހަމަ ނުވާ އަދި މުއްދަތު ހަމަވުމުގެ ފަހުން، ރަޖިސްޓަރީވުމަށް ފޮނުވާ އީ-މެއިލްތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ބީލަމުގައި ރަޖިސްޓަރީ ވުމަށާއި މަޢުލޫމާތު ސާފުކުރުމަށް [email protected] އަށް މެއިލްކުރުން އެދެމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2023 ޖޫން 22 ވާ ބުރާސްފަތި ދުވަހުގެ 10:30 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީ ވުމަށްފަހު، 2023 ޖުލައި 4 ވާ އަންގާރަ ދުވަހުގެ 10:30 އަށް މި އޮފީހަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާސްތައް މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.
29 ޛުލްޤަޢިދާ 1444