ތ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ތ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

މިމަދަރުސާގެ ސެކިއުރިޓީ ބެލެހެއްޓެވުން ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ އިރުއޮއްސި 6:00 ން ޖެހިގެން އަންނަދުވަހުގެ ހެނދުނު 7:00 އަށް ( ޖުމުލަ 13 ގަޑިއިރު ) އަދި ރަސްމީ ބަންދު ދުވަސްތަކުގައި 24 ގަޑިއިރަށް އައުޓްސޯސްކޮށްގެން ސެކިއުރިޓީ ބަލަހައްޓަވާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ރަސްމީ ދުވަސްތަކުގައި ހެނދުނު 7:00 އިން އިރުއޮއްސި 6:00 އަށް ސްކޫލުގެ ގޯތިތެރެއާއި އިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓުމަކީ ރަސްމީ މަސައްކަތެއް ކަމުގައި ހަމަޖައްސަވައި އެކަމަށް އިތުރު ޚަރަދެއް ނުހިނގާނެގޮތަށް އިންތިޒާމު ހަމަޖެއްސެވުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މަތީގައި ދެންނެވިފައިވާ ގޮތަށް މިމަރުކަޒުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިމަދަރުސާގެ އިދާރާއަށް ދުރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އައިޓަމް / ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

ތަން

މަޢުލޫމާތު ސާފުކުރެއްވުން

05-02-2015

ބުރާސްފަތި

11:00

ތ.އ.ތ މަރުކަޒު

އަންދާސީހިސާބު ހުށަހެޅުއްވުން

16-02-2015

ބުރާސްފަތި

11:00

ތ.އ.ތ މަރުކަޒު

މިމަރުކަޒުގެ ނަންބަރު GS04/IU/2014/14  އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ޝުކުރިއްޔާ

11 ރަބީޢުލްއާޚިރު 1436

01 ފެބުރުވަރީ 2015
ހޯދާ