ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަޙައްދުން ބިން ކުއްޔަށް ދޫކުރުމާ ބެހޭ

މިރަށު ބަނދަރު ސަރަޙައްދުގެ ދެކުނުން 1000 އަކަފޫޓުގެ 6 ބިން ވިޔަފާރި އުސޫލުން ކުއްޔަށް ދިނުމަށް ކުރެވުނު ނަންބަރު ESMS/IUL/2014/20-ފ408 (05 ނޮވެންބަރު 2014) އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ ޕްރޮޕޯޒަލްތައް މަދުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލުކޮށްފީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 ފެބުރުވަރީ 2015 ވާ (އަންގާރަ) ދުވަހުގެ 13:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 ފެބުރުވަރީ 2015ވާ (ހޯމަ) ދުވަހުގެ 13:30 އަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 ރަބީޢުލްއާޚިރު 1436      

28 ޖަނަވަރީ 2015
ހޯދާ