ދިވެހިރާއްޖެ
ޢިމާރާތް ކުރުމުގައި ބޭނުންކުރުމަށް ރާއްޖެއަށް އެތެރެކުރާ ތަކެއްޗަށް "ޢިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލް ކުރުމުގެ ޤަވާޢިދު" (R-1017/2019) ގެ ދަށުން މިހާރު މިމިނިސްޓްރީއިން ދޫކުރަމުންދާ ކޮންސްޓްރަކްޝަން މެޓީރިއަލް ކޮލިޓީ ޕާރމިޓް (ޕްރޮޑަކްޓް އެޕްރޫވަލް ސެޓްފިކެޓް) ދޫކުރުމުގެ އެންމެހާ ކަންކަން ކުރިއަށް އޮތް ޢީދު ބަންދު ދުވަސްތަކުގައި (23 ޖޫން 2023 އިން ފެށިގެން 01 ޖުލައި 2023 އަށް) މެދުކެނޑޭނެ ވާހަކަ ދަންނަވަމެވެ. އަދި ދަންނަވަމެވެ. މިމުއްދަތުގެ ތެރޭގައި ހުށަހަޅުއްވާ އެޕްލިކޭޝަންތަކާއި، 19 ޖޫން 2023 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ފަހުން ހުށަހަޅުއްވާ އެޕްލިކޭޝަންތައް ބަލާ ހުއްދަދިނުމުގެ ކަންކަން ކުރިއަށް ދާނީ ރަސްމީ ބަންދު ދުވަސްތައް ނިމުމުން، 02 ޖުލައި 2023 އިން ފެށިގެން ކަމުގައިވެސް ދަންނަވަމެވެ. ވީމާ މިކަން ޕާރމިޓް ހޯދަން ހުށަހަޅުއްވާ އެންމެހާ ފަރާތްތަކަށް އާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.
ޢިމާރާތް ކުރުމުގެ ދާއިރާގައި ބޭނުންކުރުމަށް ރާއްޖެއަށް އެތެރެކުރާ ތަކެއްޗަށް ހުއްދަ ހޯދުމަށް މިމިނިސްޓްރީއަށް ހުށަހަޅުއްވާ އެޕްލިކޭޝަން ފޯމްތައް ހުށަހަޅުއްވާނީ މިމިނިސްޓްރީގެ އީމެއިލް [email protected] އަށް ކަމުގައި ހަނދާން ކޮށްދެމެވެ.