ދިވެހިރާއްޖެ
މިއިދާރާގެ ނަންބަރު: (IUL)230-AHI/230/2023/25 އިއުލާނުން ކޮށްފައިވާ ނިއަމި ކަމުގެ ސެޓްފިކެޓް 02 ކޯހުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުމުން އެކަށީގެންވާވަރަށް ބައިވެރިން ލިބިފައިނުވާތީވެ، އަލުން އެފުރުސަތު ހުޅުވާލަމަވެ. މިކައުންސިލާއި އައިލެންޑް އިންސްޓިޓިއުޓް އޮފް ޓާޝިއަރީ އެޑިޔުކޭޝަން އާއި ގުޅިގެން ނިއަމިކަމުގެ ސެޓްފިކެޓް 2 ކޯހެއް މިއަތޮޅަށް ހުޅުވާލައިގެން އޭދަފުށީގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެފައެވެ. މިކޯހުގައި ބައިވެރިވުމުގެ ޝަރުތުތަކަކީ ލިޔަން ކިޔަން އެނގުމާއި ދިވެއްސަކަށްވުމެވެ. މިކޯހުގެ ބައިވެރިންގެ އަތުން ނެގުމަށް ހަމަޖެހިފައިވަނީ -/1000 ރުފިޔާ އެވެ.
ވީމާ، ބ. އަތޮޅުގެ ރަށްރަށުން މިކޯހުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން 21 ޖޫން 2023 ވަނަ ދުވަހުގެ 14.00 ކުރިން އެކަން މިއިދާރާއަށް އަންގަވައި ދެއްވުން އެދެމެވެ. ނުވަތަ [email protected] އަށް އެފަރާތްތަކުގެ މައުލޫމާތު ( ނަން، ގުޅޭނެ ނަންބަރު ) ފޮނުއްވައި ދެއްވުން އެދެމެވެ.
26 ޛުލްޤައިދާ 1444