ދިވެހިރާއްޖެ
ނަންބަރު: IUL)101-AS/1/2021/156)
އިޢުލާން
މިނިސްޓްރީއަށް ބޭނުންވާ ރިމޯޓް ސަޕޯޓް ސޮފްޓްވެއަރ އަދި ޑޭޓާ ސެންޓަރ ސްވިޗް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް.
މިނސްޓްރީއަށް ބޭނުންވާ ރިމޯޓް ސަޕޯޓް ސޮފްޓްވެއަރ އަދި ޑޭޓާ ސެންޓަރ ސްވިޗް ސަޕްލައިކޮށްދޭނެ ފަރާތެއް ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޓޭޗްކުރެވިފައިވާ މައުލޫމާތު އަދި ސްޕެސިފިކޭޝަން ޝީޓާ އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަގު ހުށަހެޅުން.
ބީލަން ހުށަހަޅާ ފަރާތްތަކުން، ބީލަން ހުށަހެޅުމުގައި ލޮޓްތަކަށް ވަކިވަކިން އަގު ހުށައެޅިދާނެއެވެ. އަގު ހުށަހަޅަންވާނީ ކޮންމެ ލޮޓަކަށް ވަކިވަކިން ބިޑް ހުށަހަޅާ ފޯމްއިންނެވެ. ހުށަހަޅާ ބިޑްގައި މި ތަފްސީލްތައް ވަކިން އެނގެން އޮންނަންވާނެއެވެ. ބީލަން ކާމިޔާބުކުރާ ފަރާތް/ތައް ކަނޑައަޅާނީ ކޮންމެ ލޮޓަކަށްވެސް ވަކިވަކިން މާކްސްދީގެން، އެންމެގިނަ މާކްސް ލިބޭ ފަރާތް ނުވަތަ ފަރާތްތަކަށް އެއައިޓަމެއްގެ ބީލަން ކާމިޔާބުވާގޮތަށެވެ. އަގު ހުށަހެޅުމުގައި ތިރީގައިވާ ކަންކަމަށް ސަމާލުކަންދޭންވާނެއެވެ.
- ހުރިހާ އަގެއް ހުންނަންވާނީ ދިވެހި ރުފިޔާއިންނެވެ. އަދި ޖުމްލަ އަގު ހުށަހަޅަންވާނީ ޖީ.އެސް.ޓީ ހިމަނައިގެންނެވެ.
- މަތީގައި ބަޔާންކޮށްފައިވާ އައިޓަމްގެ ސްޕެސިފިކޭޝަންތަކާއި އެއްވަރު ވާންވާނެއެވެ. އަދި ބަޔާންކޮށްފައިވާ ސްޕެސިފިކޭޝަންތަކަށްވުރެ ދަށްނަމަ އެ ބިޑް ބާތިލްކުރެވޭނެއެވެ.
- އަގު ހުށަހަޅާއިރު "އަގު ހުށަހަޅާ ފޯމް" ނެތިޖެއްނަމަ އެ ބިޑް ބާތިލްކުރެވޭނެއެވެ.
- ބީލަން ހުށައަޅާ ފަރާތަކީ މި މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި އެސް.އެމް.އީ އެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ.
ހުށަހަޅަންޖެހޭ ތަކެތި/ލިޔުން.
- ފުރިހަމަކޮށް ސޮއިކޮށްފައިވާ ބީލަން ހުށަހަޅާފޯމް
- އެސްޓިމޭޓް/ ކޯޓޭޝަން
- ޕްރޮފައިލް
- އަގުހުށަހަޅާ ތަކެތީގެ ސްޕެސިފިކޭޝަން
- ތަޖުރިބާ ބަޔާންކުރާ ލިޔުން
- ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ
އަންދާސީ ހިސާބުތައް އިވެލިއުޓުކުރެވޭނެގޮތުގެ ތަފްސީލް
ލޮޓް 1 ގެ ޓެކްނިކަލްގޮތުން ޤަބޫލްކުރެވޭ އަންދާސީ ހިސާބުތައް އިވެލިއުޓުކުރެވޭނެގޮތުގެ ތަފްސީލް
|
ކެޓަގަރީ |
މާރކްސް |
މާރކްސް ދެވޭ އުޞޫލު |
1 |
އަގު: |
50% |
އެންމެކުޑަ އަގު ހުށަހަޅާ ފަރާތަށް ގިނަމާރކްސް ލިބޭގޮތަށް ފްރެކްޝަން އުޞޫލުން. |
2 |
މުއްދަތު: |
40% |
އެކަށީގެންވާ އެންމެ ކުޑަ މުއްދަތު ހުށަހަޅާ ފަރާތަށް ގިނަމާރކްސް ލިބޭގޮތަށް ފްރެކްޝަން |
3 |
ތަޖުރިބާ: |
10% |
ތަޖުރިބާއަށް މާރކްސްދެވޭނީ، ވޭތުވެދިޔަ 5 އަހަރު ތެރޭގައި ކޮށްފައިވާ މިފަދަ މަސައްކަތްތައް ނިންމިކަމުގެ ރިފަރެންސް ލެޓަރ ހުށަހަޅާފައިވާނަމަ ކޮންމެ މަސައްކަތަކަށް ލިބޭނީ 2 ޕޮއިންޓެވެ. (ގިނަވަގެން މިބަޔަށް ލިބޭނީ 10 ޕޮއިންޓެވެ.) |
ލޮޓް 2 ގެ އަންދާސީ ހިސާބް އިވެލުއޭޓް ކުރެވޭނެގޮތުގެ ތަފްސީލް
|
ކެޓަގަރީ |
މާރކްސް |
މާރކްސް ދެވޭ އުޞޫލު |
1 |
އަގު |
70% |
އެންމެކުޑަ އަގު ހުށަހަޅާ ފަރާތަށް ގިނަމާރކްސް ލިބޭގޮތަށް ފްރެކްޝަން އުޞޫލުން. |
2 |
މުއްދަތު |
5% |
އެކަށީގެންވާ އެންމެ ކުޑަ މުއްދަތު ހުށަހަޅާ ފަރާތަށް ގިނަމާރކްސް ލިބޭގޮތަށް ފްރެކްޝަން |
3 |
ޓެކްނިކަލް |
25% |
މާރކްސް ދެވިގެންދާނެ ގޮތް ތިރީގައި |
ލޮޓް 2 ގެ ޓެކްނިކަލް އިވެލުއޭޝަން:
ޓެކްނިނަކަލް ކްރައިޓީރިއަރ |
މާރކްސް |
ފުރިހަމަކޮށްފައިވާ ޓެކްނިކަލް ޕްރޯޕޯސަލް އަދި ސަޕޯރޓިން ޑޮކިއުމެންޓްސްތައް |
5% |
ޓެކްނިކަލް ސަޕޯރޓް އަދި މެއިންޓެނަންސްގެ ހިދުމަތް |
މެންޑެޓަރީ |
ތަމްރީން ލިބިފައިވާ/ ކޮލިފައިޑް ސްޓާފް (ޓީމް ކޮމްޕޮސިޝަން) |
މެންޑެޓަރީ |
ތަޖުރިބާ: ތަޖުރިބާ ކަމުގައި ބެލެވޭނީ ޑޭޓާ ސެންޓަރ ނެޓްވޯރކް ސްވިޗް ސަޕްލައި ކޮށްދިނުމާއި ނެޓްވޯރކް ކޮންފިގަރޭޝަން މަސައްކަތް ކޮށްފައިވާ ކަމުގެ ލިޔުންތަކަށް. މަސައްކަތް ނިންމި ކަމުގެ ލިޔުން: - މަސައްކަތް ނިންމި ކަމުގެ ލިޔުމަކަށް 2 މާރކްސް. މަސައްކަތް ނިންމި ކަމުގެ ލިޔުން ކަމުގައި ބަލއިގަނެވޭނީ، ހިދުމަތް ލިބުނު ފަރާތުގެ ސްޓޭމްޕް އަދި ސޮއި ކޮށްފައިވާ ލިޔުންތައް - ސަޕްލައި ކޮށްދެވިފައިވާ ނުވަތަ މަސައްކަތުގެ އަގު -/100،000 ދިވެހި ރުފިޔާ އަށް ވުރެ މަތިވުން |
20%
|
ޖުމްލަ |
25% |
ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 4 ޖުލައި 2023 ވާ އަންގާރަ ދުވަހުގެ 11:00 ވޭލާނާގެ 11 ވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އޮފީހަށް ހާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 3323668 އަށް ރަސްމީ މަސައްކަތު ގަޑީގައި ގުޅުއްވުން އެދެމެވެ.
18 ޖޫން 2023
|