ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ވޯކްޝޮޕް ހެލްޕަރ

ވޯކްޝޮޕް ހެލްޕަރ
ހުޅުމާލެ އޮޕަރޭޝަންސް

ވަޒީފާއަދާކުރަންޖެހޭ ތަން: ހުޅުމާލެ

ތައުލީމީ ފެންވަރާއި ތަޖުރިބާ:
- އަސާސީ ތަޢުލީމުގެ ފެންވަރުހުރުމާއި އެކު މަސައްކަތްކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން.

މަޤާމުގެ މަސްއޫލިއްޔަތު:
ވެހިކަލް ވޯކްޝޮޕް ޔުނިޓްގެ މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވެ އެހީތެރިވުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް:
- ވެހިކަލް ރިޕެއަރ އަދި މެއިންޓެނަންސް އާއި ގުޅުންހުރި، ވޯރކްޝޮޕް މަސައްކަތްތަކުގައި އެހީތެރިވެދިނުން.
- ވެހިކަލްތަކުގެ ލައިޓް އަދި ބެޓެރިބަދަލުކުރުން ފަދަ އިލެކްޓްރިކަލް މަސައްކަތްތަކުގައި އެހީތެރިވެދިނުން.
- ކޯޕަރޭޝަނުގެ ވެހިކަލްތައް ކޯޕަރޭޓް ޑިޒައިން އާއި އެއްގޮތަށް ޕެއިންޓް ކުރުމުގެ އެންމެހާ މަސައްކަތައް ސުޕަވައިޒަރުގެ އިރުޝާދާއި އެއްގޮތްވާ ގޮތުގެ މަތިން ކުރުން.
- ކޯޕަރޭޝަނުން ބަލަހައްޓާ ވެހިކަލް އަދި ގަރާޖްތެރެ ދޮވެ ސާފުކުރުން.
- އިންވެންޓްރީއަށް ގެންނަ މުދާ ލޯޑްކޮށް އަންލޯޑްކުރުން.
- މަސައްކަތަށް ބޭނުންވާ ޓޫލްސްތަށް މަސައްކަތްކުރާ ސައިޓަށް ގެންދިޔުމުގައި އެހީތެރިވުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތްކުރެވޭ ފަދަ ޞިއްޙަތެއްގައި ހުރި ފަރާތަކަށްވުން.
- މަސައްކަތްތައް ކަނޑައެޅިފައިވާ ވަގުތަށް ނިންމުމާއި ގަޑިއަށް ފަރުވާތެރިކަމާއިއެކު ކުރުން.
- މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރުން.

މުސާރަ: 10،500.00ރ
އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.

ބޭނުންވާ ލިޔެކިޔުންތައް:
- އައިޑީ ކާޑު ކޮޕީ ނުވަތަ ލައިސަންސް ކާޑު ކޮޕީ
- ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- ކުރިން އަދާކޮށްފައިވާ ވަޒީފާގައި އުޅުނުކަމުގެ ލިޔުން

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 22 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން އަރބަންކޯ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.

ޕޯޓަލް ލިންކު: (https://jobs.urbanco.mv)

އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3353535 އަށް ގުޅާލައްވާ.

 

15 ޖޫން 2023
ހޯދާ