ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
އިމާމް

އިމާމް
ތިލަފުށި އެންޑް ގުޅީފަޅު އޮޕަރޭޝަންސް

ވަޒީފާއަދާކުރަންޖެހޭ ތަން: ތިލަފުށި

ތައުލީމީ ފެންވަރާއި ތަޖުރިބާ:
- މަޤާމު މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،
- ހުކުރު ނަމާދު ކުރުމުގެ ހުއްދަ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:
ތިލަފުށި މިސްކިތުގައި އިމާމުވެ ނަމާދު ކުރުމާއި އަދި އިމާމްގެ އެންމެހާ ޒިންމާތައް އިސްލާމީ ރިވެތި އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން އަދާކުރުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް:
- ތިލަފުށި މިސްކިތުގައި އިމާމުވެ ފަރުޟު ފަސް ނަމާދުކުރުން.
- ހުކުރު ޚުތުބާ ކިޔުމާއި ހުކުރު ނަމާދު އިމާމްވެކުރުން.
- ރަމަޟާންމަހު ތަރާވީޙް ނަމާދު އިމާމްވެކުރުން.
- ޢީދު ނަމާދު އިމާމްވެކުރުމާއި ޚުތުބާކިޔުން.
- އިމާމުވެ ނަމާދުކުރެވޭ މިސްކިތުގެ ސާފުތާހިރުކަން ސުޕަވައިޒްކޮށް ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް އަންގަންޖެހޭ ފަރާތްތަކަށް އަންގާ ހައްލުކުރުމަށް މަސައްކަތްކުރުން.
- މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން ސްޕަވައިޒަރު ހަވާލުކުރާ މަގާމާއި، މަގާމުގެ މަސްޢޫލިއްޔަތާއި ގުޅުންހުރި އެހެނިހެން މަސައްކަތްތައްކުރުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
- މަސައްކަތްތައް ކަނޑައަޅާފައިވާ ވަގުތައް ނިންމުމާއި ގަޑިއަށް ފަރުވާތެރިކަމާއިއެކު ކުރުން.
- ރަނގަޅަށް މުއާމަލާތް ކުރަން ދަންނަ ފަރާތަކަށްވުން.
- އިސްލާމްދީނުގެ ހަމަތަކާއި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތްކުރުން.
- އިތުބާރުކުރެވޭފަދަ ފަރާތަކަށްވުން.

މުސާރަ: 12,500ރ
އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.

ބޭނުންވާ ލިޔެކިޔުންތައް:
- އައިޑީ ކާޑު ކޮޕީ ނުވަތަ ލައިސަންސް ކާޑު ކޮޕީ
- ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- ކުރިން އަދާކޮށްފައިވާ ވަޒީފާގައި އުޅުނުކަމުގެ ލިޔުން
- ޕޮލިސް ރިޕޯޓް
- އިމާމު ކުރުމުގެ ހުއްދަ

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 22 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން އަރބަންކޯ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.

ޕޯޓަލް ލިންކު: (https://jobs.urbanco.mv)

އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3353535 އަށް ގުޅާލައްވާ.

 

15 ޖޫން 2023
ހޯދާ