ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނީފޯރމް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ
ވިޔަފާރީގެ އުސޫލުން މި ސްކޫލްގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯރމް ސްކޫލުން ކަނޑައަޅާ މިންގަނޑުތަކާއި އެއްގޮތަށް ކުރިއަށް އޮތް ދެއަހަރު ދުވަހުގެ މުއްދަތަށް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މި ދަންނަވާގޮތަށް އަމަލުކުރުމަށް ދަންނަވަމެވެ.
ބީލަމުގައި ބައިވެރިވެވޭނީ، ޤާނޫނު ނަންބަރު:2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، ޤާނުނު ނަންބަރު:2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށެވެ.
ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ސްކޫލަށް ވަޑައިގެން ނުވަތަ ގުޅުއްވައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ވެސް ނަންނޯޓު ކުރެވޭނެއެވެ. ނަންނޯޓް ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ 15 ޖޫން 2023 އިން 22 ޖޫން 2023 އަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:00 އިން 14:00 އަށެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
ބީލަމާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 02 ޖުލައި 2023 ވާ އާދިއްތަ ދުވަހުގެ 10:00 ގައި މި ސްކޫލްގެ ކޮމްޕިއުޓަރ ލެބްގައެވެ. މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށްވެސް ބީލަންހުށައެޅުމުގެ ފުރުސަތު އޮތް ވާހަކަ ދަންނަވަމެވެ.
ބިޑް ހުށައެޅުމާއި ބިޑް ހުޅުވުން އޮންނާނީ 06 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިސްކޫލްގެ ކޮމްޕިއުޓަރ ލެބްގައެވެ. ބިޑް ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
މި ޕްރޮޖެކްޓާއި ގުޅޭ ބީލަން ފޮތް މި އިޢުލާނާއިއެކު އެޓޭޗް ކުރެވިފައި ވާނެއެވެ.
މި އިޢުލާނާއި ގުޅިގެން އިތުރުމަޢުލޫމާތު ތިރީގައވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފިއްލަދޫ ސްކޫލް/ ހއ. ފިއްލަދޫ
ފޯން :6500536 އީމެއިލް : [email protected]