ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އިންޖިނިއަރ، ސްޕަވއިޒަރ

ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ދާއިރާ:

ވޯޓަރ، ސްވަރެޖް އެންޑް ވޭސްޓް މެނޭޖްމަންޓް

މަޤާމް:

އެސިސްޓެންޓް އިންޖިނިއަރ

ބޭނުންވާ ޢަދަދު:

01

މުސާރަ:

-/10،500ރ އާއި -/22,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

  • މެކޭނިކަލް/އިލެކްޓްރިކަލް ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން.
  • ފެނާއި ނަރުދަމާއި ގުޅުންހުރި އަދި ޑީސަލިނޭޝަން މަސައްކަތުގައި މަދުވެގެން 05 އަހަރު ދުވަހުގެ އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމުގައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • އާރު. އޯ ޕްލާންޓް ބަހައްޓާ ކޮމިޝަން ކުރުމުގެ އެންމެހާ މަސައްކަތްތައް ބެލެހެއްޓުން.
  • އާރު. އޯ ޕްލާންޓްގެ މެއިންޓަނަންސް މަސައްކަތްތައް ބެލެހެއްޓުން.
  • ވޯޓަރ ނެޓްވޯކުގެ ކަނެކްޝަން މަސައްކަތްތައް
  • ވޯޓަރ ނެޓްވޯކްތަކަށް ދިމާވާ މައްސަލަތަށް ޙައްލުކުރުން
  • އާރު. އޯ ޕްލާންޓުގެ ކޮންޓްރޯލް ޕެނަލަށް ދިމާވާ މައްސަލަތައް ދެނެގަނެ ހައްލުކުރުން
  • ނަރުދަމާ ނިޒާމްތަކުގެ ޕަންޕްތަކުގެ ކޮންޓްރޯލް ޕެނަލް އިންސްޓޯލްކުރުން
  • ނަރުދަމާ ނިޒާމްތަކުގެ ޕަންޕްތަކުގެ ކޮންޓްރޯލް ޕެނަލަށް ދިމާވާ މައްސަލަތައް ދެނެގަނެ ހައްލުކުރުން.

ވަޒީފާގެ ދާއިރާ:

ވޯޓަރ، ސްވަރެޖް އެންޑް ވޭސްޓް މެނޭޖްމަންޓް

މަޤާމް:

ސްޕަވައިޒަރ

ބޭނުންވާ ޢަދަދު:

01

މުސާރަ:

-/9020ރ އާއި -/16،000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

  • މެކޭނިކަލް/އިލެކްޓްރިކަލް ދާއިރާއިން ޑިޕްލޮމާ/އެޑްވާންސް ޑިޕްލޮމާ ހާސިލްކޮށްފައިވުން.
  • ފެނާއި ނަރުދަމާއި ގުޅުންހުރި އަދި ޑީސަލިނޭޝަން މަސައްކަތުގައި މަދުވެގެން 05 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމުގައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • އާރު. އޯ ޕްލާންޓްގެ މެއިންޓަނަންސް މަސައްކަތްތައް ކުރުން.
  • ވޯޓަރ ނެޓްވޯކުގެ ކަނެކްޝަން މަސައްކަތްތައް
  • ވޯޓަރ ނެޓްވޯކްތަކަށް ދިމާވާ މައްސަލަތަށް ޙައްލުކުރުން
  • އާރު. އޯ ޕްލާންޓުގެ ކޮންޓްރޯލް ޕެނަލް މެއިންޓަނަންސް މަސައްކަތްތައް.
  • ނަރުދަމާ ނިޒާމްތަކުގެ ޕަންޕްތަކުގެ ކޮންޓްރޯލް ޕެނަލް އިންސްޓޯލްކުރުން

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

20 ޖޫން 2023 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ [email protected]  އަށް 20 ޖޫން 2023 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

                       26 ޛުލްޤައިދާ 1444

                       15 ޖޫން 2023

15 ޖޫން 2023
ހޯދާ