އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ވެހިކަލް މަރާމާތުކޮށް (2 އަހަރަށް) ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ވެހިކަލް މަރާމާތުކޮށް (2 އަހަރަށް) ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 ޖޫން 2023 އިން ފެށިގެން 21 ޖޫން 2023 ވާ ދުވަހުގެ 13:00އަށް [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މެއިލް ކުރުމުގައި ސަބްޖެކްޓްއަކަށް މަސައްކަތުގެ ނަން ޖެއްސުވަމަށް ސަމާލުވުން އެދެމެވެ. މެއިލް ކުރެއްވުމުން މެއިލްއަށް ރެޖިސްޓްރޭޝަން ކޮންފަރމޭޝަން ފޮނުވޭނެއެވެ. ރެޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

މި ޢިއުލާނާއި ގުޅޭ ލިޔުންތައް ރެޖިސްޓަރވާ ފަރާތްތަކަށް އީ.މެއިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 22 ޖޫން 2023 ވާ ދުވަހުގެ 11:00ގައި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީސް އިމާރާތުގެ ކޮންސްފަރެންސް ހޯލްގައި އޮންނާނެއެވެ. މައުލޫމާތު ސެޝަނުގައި ބައިވެރި ނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ފުރުސަތު ނުދެވޭނެއެވެ.

ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ކުރެއްވުމަށް ފަހު 5 ޖުލައި 2023 ވަނަ ދުވަހުގެ 11:00 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީސް އިމާރާތުގެ ކޮންސްފަރެންސް ރޫމަށް ވަޑައިގެން ބިޑު ހުށަހެޅުއްވުން އެދެމެވެ.

ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެއެވެ.

15 ޖޫން 2023
ހޯދާ