މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އިންޖިނިއަރ

އިޢުލާން

މި މިނިސްޓްރީގެ ނަންބަރު (IUL)138-ES2/1/2014/142 (25.08.2014) އިޢުލާނުގައިވާ ޕްރޮޖެކްޓް އިންޖިނިއަރ މަޤާމަށް މީހަކު ހޯދުމަށް ކުރި އިޢުލާން ބާޠިލުކޮށް މިމަޤާމަށް އަލުން ފުރުޞަތު ހުޅުވާލައި އިޢުލާން ކުރީމެވެ.

ޕްރޮޖެކްޓް އިންޖިނިއަރ

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އެހީގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ "ރިކޮންސްޓްރަކްޝަން އޮފް ހަރބަސް ޕްރޮޖެކްޓް ފޭސް 2" މަޝްރޫޢުގެ މަސައްކަތްތައް ބެލެހެއްޓުމަށްޓަކައި މިމިނިސްޓްރީގައި ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓެއް (ޕީ.އެމް.ޔޫ.) ޤާއިމް ކުރުމަށް ބޭނުންވެއެވެ. މި ޕީ.އެމް.ޔޫ. ގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ޕްރޮޖެކްޓް އިންޖިނިއަރެއްގެ މަޤާމަށް މީހަކު ހޯދުމަށް "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމަޤާމުގެ މަސައްކަތްތަކާއި، މިމަޤާމަށް ހޯދުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ޝަރުޠުތައް ބަޔާންކޮށްފައިވާ "ޓަރމްސް އޮފް ރިފަރެންސް" (ޓީ. އޯ. އާރ) ތިރީގައިވާ އެޑްރެސް އިން ލިބެން ހުންނާނެއެވެ.

ވީމާ، މިމަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 16 ފެބުރުވަރީ 2015 ވާ ހޯމަ ދުވަހު 12:00 ގެ ކުރިން މިމިނިސްޓްރީއަށް "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުއްވުން އެދެމެވެ. 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ.

އަމީނީ މަގު،

މާލެ، ދިވެހިރާއްޖެ.

ފޯން: 3004300     ފެކްސް:3004301

އީ-މެއިލް: [email protected]

09 ރަބީޢުލްއާޚިރު 1436

29 ޖަނަވަރީ 2015
ހޯދާ