އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އެސިސްޓަންޓް ވަގުތީ ޕޫލްގެ ދަށުން

އިޢުލާން

 
 

ޕޫލްގެ ދަށުން ކައުންސިލް އެސިސްޓެންޓްގެ މަޤާމަށް މީހުން ހޯދުމާއި ގުޅޭ

 

 

 

 

މަޤާމު

 ކައުންސިލް އެސިސްޓެންޓް   

ބޭނުންވާ ޢަދަދު

04 (ހަތަރެއް)

މަޤާމުގެ ގިންތި

 ޕޫލްގެ ދަށުން

މަޤާމްގެ ރޭންކް

އެސް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން

އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ / އއ. ހިމަންދޫ

މުސާރަ

ނުކުންނަ ދުވަހަކަށް 350ރ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.

     

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  2. ކައުންސިލުން ކަނޑައަޅާ ގޮތެއްގެމަތިން ކުނިކޮށްޓަށް ބަގީ / ޕިކަޕް ދާން އޮންނަ މަގު ސާފުކޮށް ބެލެހެއްޓުން
  3. ކުނިކޮށްޓަށް ގެންދާ ކުނި އެކި ބައިތަކަށްވަކިކޮށް އެންދޭޒާތުގެ ކުނި، އަންދާ ނައްތާލުން
  4. އެހެނިހެން ކުނި އެކަމަށް ހާއްސަކުރެވިފައިވާ ބައިބަޔަށް އަޅާ ރައްކާތެރިކަމާއެކު ބެލެހެއްޓުން    
  5. ކުނި މެނޭޖުކުރުމަށް ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކުގައި ކައުންސިލުން އަންގާ ގޮތެއްގެ މަތިންކުރުން

     

  1. ބަގީ / ޕިކަޕްގައި އެކި ބާވަތްތަކުގެ ކުނި ވަކި ވާގޮތަށް ޑަސްބިން ބަހައްޓާ އެގޮތަށް ކުނި އެޅުމާއި ކުނިކޮށްޓަށް އެކުނިތައް އުފުލުމާއި ކުނިތައް ތަރުތީބު ކުރުން

     

  1. ގޭގޭ ދޮށުގައާއި އަދި މިނޫންވެސް ކުނި އުފުލުމަށް ރެޖިސްޓްރީ ކޮށްފައިވާ ތަންތަނުގައި ބަހައްޓާފައިވާ ޑަސްބިންތަކާއި އެފަދަ ތަކެތި ރީއްޗަށް ހުސްކުރުމާއި ފަރުވާތެރިކަމާއެކު އެއެއްޗެއް ހުރި ތަނެއްގައި ބެހެއްޓުން
  2. ކުނިނެގުމަށް ކައުންސިލްގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާގޭބީސީތަކުން ދުވަހުން ދުވަހައް އުފެދޭ ކުނި ނެގުން
  3. ރަށުތެރެ ސާފުކުރުމާއި ގުޅިގެން ކައުންސިލުން އަންގާގޮތެއްގެމަތިން އަމަލުކުރުން

މަޤާމުގެ ޝަރުޠުތައް:

1. ލިޔަން ކިޔަން އެނގުން.

ހުށަހަޅަންޖެހޭ ލިޔުންތައް

 

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ހުށަހެޅެން ނެތްނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދޭ ފަރާތްތަކުން 19 ޖޫން 2023 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން އއ. ހިމަންދޫ ކައުންސިލްގެ އިދާރާއަށް ސިޓީއަކާއި އެކު ވަޒީފާއަށް އެދޭ ފަރާތުގެ އައިޑީ ކާރޑް ކޮޕީ އާއި އިތުރު މަޢުލޫމާތާއި ލިޔެކިއުން ([email protected]) އީމެއިލް އަށް މެއިލް ކޮށްދިނުން އެދެމެވެ.   

ޝޯޓް  ލިސްޓްކުރުން

މި ވަޒީފާއަށް އެދޭ ފަރާތްތައް 4 ކަށް ވުރެ ގިނަ ވާނަމަ ސޯޓް ލިސްޓްކޮށް އެންމެ އެކަށޭނެ 4 މީހަކަށް ވަޒީފާ ހަމަޖެއްސޭނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6660061 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

15 ޖޫން 2023
ހޯދާ