ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.ދެއްވަދޫ ކައުންސިލްގެ ޤުރުއާން މުބާރާތް 1444 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

 

 ގއ.ދެއްވަދޫ ކައުންސިލްގެ ޤުރުއާން މުބާރާތް 1444 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

  

ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖައްސައި ޤުރުއާން ކިޔެވުމުގެ ރޫޙު އާލާކޮށް ދިރުވުމުގެ މަޤްޞަދުގައި މުޅި ރަށަށް ހުޅުވާލައިގެން ބާއްވާ "ދެއްވަދޫ ކައުންސިލްގެ ޤުރުއާން މުބާރާތް 1444" 04 ޖުލައި 2023 އިން 07 ޖުލައި 2023 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 14 ޖޫން 2023 ވާ ބުދަ ދުވަހުން ފެށިގެން 21 ޖޫން 2023 ވާ ބުދަ ދުވަހުގެ 13.00 ގެ ނިޔަލަށް މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި އީމެއިލް ކުރައްވާނަމަ މިއިދާރާގެ އީމެއިލް އެޑްރެސް  info@dhevvadhoo.gov.mv :އަށް މެއިލް ކޮށްދެއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ކައުންސިލްގެ އިދާރާއާއި މިއިޢުލާނުގެ ގެޒެޓް ލިންކުން ލިބެން ހުންނާނެއެވެ. އަދި މުބާރާތުގެ ގަވާއިދު މިއިޢުލާނާއެކު ޢާންމުކުރީމެވެ.

 

               މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                        25  ޛުލްޤައިދާ  1444 

                        14  ޖޫން     2023   

14 ޖޫން 2023
ހޯދާ