ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީ. އެމް. އެލް ކިޑްސް ސޭވިންގ އެކައުންޓްއާއި ގުޅޭ

 

(IUL)258/258/2023/106ނަންބަރު:

                                        އިޢުލާން

 

ބީ.އެމް.އެލް ކިޑްސް ސޭވިންގ އެކައުންޓްއާއި ގުޅޭ:

 

                    ބޭންކް އޮފް މޯލްޑިވްސްއިން ހަނިމާދޫއަށް ކުރަން ހަމަޖެހިފައިވާ ދަތުރުގައި، ހަނިމާދޫ ރައްޔިތުންނަށް ކިޑްސް ސޭވިންގ އެކައުންޓް ހުޅުވުމުގެ ކަންތައްތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މި ސެޝަން ކުރިއަށް ގެންދިޔުމަށް ހަމަ ޖެހިފައިވަނީ 17 ޖޫން 2023 ވާ ހޮނިހިރު ދުވަހު 11:00-13:00އަށް ހަނިމާދޫ އިޖްތިމާއީ މަރުކަޒުގަ އެވެ.

                    ކިޑްސް ސޭވިންގ އެކައުންޓް ހުޅުވަން ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް 15 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހުށައެޅުމަށް އެދި ދަންނަވަމެވެ.

ކިޑްސް ސޭވިންގ އެކައުންޓް ހުޅުވުމަށް ބޭނުންވާ ލިއެކިޔުންތަށް:

-          ކުއްޖާގެ އައި.ޑީ ކާޑު ކޮޕީ (އަސްލު ހިފައިން އައުން)

-          އުފަން ސެޓިފިކެޓް (10 އަހަރުން މަތީގެ ކުދިން)

-          ބެލެނިވެރިޔާގެ އައި.ޑީ ކާޑު ކޮޕީ

-          ބެލެނިވެރިޔާގެ ޕާސްޕޯރޓް 2 ފޮޓޯ (ކޮންމެ ސަބްމިޝަންއަކަށް 2 ފޮތޯ)

-          އެހެން ފަރާތެއްގެ ބެލެނިވެރި ކަމުގެ ދަށުގައި ހުރި ކުއްޖެއް ނަމަ، ސަޕޯރޓިންގ ޑޮކިއުމަންޓްސް

 

ލިންކް: Kids Saver Account Opening / ކުޑަކުދިންގެ އެކައުންޓު ހުޅުވުން HDh.Hanimaadhoo (office.com)

 

   ވީމާ، ހުރިހާ ބޭޅުންނަށް ދައުވަތުދީ މި ސެޝަންއަށް ވަޑައިގެންނެވުމަށް އެދި މިކަން އާއްމުކޮށް އަންގާ ޢިއުލާނު ކުރީމެވެ.

 

25 ޛުލްޤައިދަ 1444

14 ޖޫން 2023

14 ޖޫން 2023
ހޯދާ