ދިވެހިރާއްޖެ
`
`
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ މެޖިސްޓްރޭޓް ކޯޓް
ރ.އަލިފުށި
ނަންބަރު: E1C-A/2023/10
| 
 އިޢުލާން  | 
|||||||||||||||
| 
 މަޤާމު:  | 
 އެޑްމިނިސްޓްރޭޓިވް އޮފިސަރ  | 
||||||||||||||
| 
 ބޭނުންވާ ޢަދަދު:  | 
 01  | 
||||||||||||||
| 
 މަޤާމުގެ ރޭންކް:  | 
 ޖީ.އެސް 3  | 
||||||||||||||
| 
 މަޤާމުގެ ގިންތި:  | 
 ދާއިމީ  | 
||||||||||||||
| 
 ކްލެސިފިކޭޝަން  | 
 އޮފިސަރ ގްރޭޑް 1  | 
||||||||||||||
| 
 މަސައްކަތްކުރަންޖެހޭ ތަން  | 
 ރ. އަލިފުށީ މެޖިސްޓްރޭޓް ކޯޓު  | 
||||||||||||||
| 
 މުސާރަ  | 
 -/4465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ)  | 
||||||||||||||
| 
 އެހެނިހެން އެލަވަންސް  | 
 - ޖުޑީޝަލް އެލަވަންސް: -/893 (އަސާސީ މުސާރައިގެ %20) - ސަރވިސް އެލަވަންސް: -/1500 - ލިވިންގ އެލަވަންސް: -/2550 - ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ - ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ  | 
||||||||||||||
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް  | 
 ޝަރީޢަތާއި ގުޅުން ހުރި މަސައްކަތްތައް 
 
 ޖެނެރަލް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ކުރަންޖެހޭ މަސައްކަތްތައް 
 
 ޕްރޮކިޔުމަންޓް އަދި ފައިނޭންސްގެ ދާއިރާއިން ކުރަންޖެހޭ މަސައްކަތްތައް 1- ކޯޓަށް ގަންނަތަކެއްޗާއި، ލިބޭތަކެތީގެ ސްޓޮކް ބެލެހެއްޓުން. 2- ކޯޓުގެ އިންވެންޓްރީ ޤަވާޢިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން. 3- ނީލަމަށް ފޮނުވަން ޖެހޭތަކެތި ނީލަންކިއުމާއި، އެކަމާއި ގުޅޭ އެންމެހާ ކަންތައްތައް ކުރުމާއި ބެލެހެއްޓުން. 4- ކޯޓުގެ މެޝިނަރީއާއި، ދުއްވާތަކެތި މަރާމާތުކޮށް ރަނގަޅަށް ބެލެހެއްޓުން. 5- ކޯޓުގެ ފައިސާއާއިބެހޭ އެންމެހައި ކަންތައްތައް ޗީފް އެޑްމިނިސްޓްރޭޓަރގެ މަޝްވަރާގެ މަތިން ދަޢުލަތު މާލިއްޔަތު ޤަވާޢިދާ އެއްގޮތަކަށް ކުރުން. 6- ކޯޓަށް ލިބޭ ފައިސާ ބަލައިގަތުމާއި ރަސީދު ހެދުމާއި، ފައިސާއާއި ބެހޭ އެންމެހައި ފޮތްތައް ފުރިހަމަކޮށް ބެލެހެއްޓުން. 7- ކޯޓުން އެކިފަރާތްތަކާއި ޙަވާލުކުރަންޖެހޭ އެންމެހައި ފައިސާ ޤަވާޢިދުން އެފަރާތްތަކާއި ޙަވާލުކުރުން. 8- ކޯޓުގެ ތިޖޫރީ ބެލެހެއްޓުމާއި، ތިޖޫރީގައި ބަހައްޓާ ފައިސާގެ ހިސާބުތައް ބެލެހެއްޓުމާއެކު، ތިޖޫރީ ރިޕޯޓް ޤަވާޢިދުން ހެދުމަށްފަހު ކަމާބެހޭ އިދާރާތަކަށް ފޮނުވުން. 9- ފައިސާއާއި ބެހޭ އެންމެހައި ރިޕޯޓްތައް ހެދުމާއި، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުއްވުމަށް ހަމަޖައްސާފައިވާ ދުވަހަށް ޤަވާޢިދުން ރިޕޯޓްތައް ފޮނުވުން. 10- ފައިސާއާއިބެހޭ އެންމެހައި ލިޔުން ނުވަތަ ރިޕޯޓުތައް ތަރުތީބުން ފައިލްކޮށް ބެލެހެއްޓުން. 11- ހޮވައިގެން ގެނެވޭތަކެތީ ބަލަހައްޓާ، ކަމާބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ދުވަހުން ދުވަހަށް ޤަވާޢިދުން އަޅައި ތިޖޫރީގައި ބެހެއްޓޭފަދަ އެއްޗެއްނަމަ ތިޖޫރީގައި ބަހައްޓައި ރައްކާތެރިކަމާއެކު އެ އެއްޗެއްގެ މައްސަލަ ނިމެންދެން ބެލެހެއްޓުން. 12- ކޯޓުން ކުރަންޖެހޭ ދަތުރުތައް ގަވާއިދާއި އެއްގޮތްވާގޮތުގެ މަތީން އިންތިޒާމްކޮށް ދަތުރުތަކުގެ ރެކޯޑްތައް ޤަވާޢިދުން ބެލެހެއްޓުން. 
 ހިއުމަން ރިސޯސް ދާއިރާއިން ކުރަންޖެހޭ މަސައްކަތްތައް 1- މުވައްޒަފުން ބޭރަށްދާއިރު ލިޔާފޮތް ތައްޔާރުކޮށް ސޮއިކުރުވާ ބެލެހެއްޓުން. 2- މުވައްޒަފުންގެ މުސާރަ ކަނޑައެޅިފައިވާ މުއްދަތުގައި ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުން. 3- މުވައްޒަފުންގެ ޙާޟިރީ ބެލެހެއްޓުމާއި، ޗުއްޓީ ކަންތައް ހަމަޖެއްސުން. 4- މުވައްޒަފުންގެ އިތުރުގަޑީގެ ކަންތައް ބެލެހެއްޓުން. 5- މުވައްޒަފުންގެ ރެކޯޑް ފައިލްތައް އަޕްޑޭޓްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން. 6- ހައުސްކީޕަރު އާއި ހަވާލުކޮށްފައިވާ އެންމެހާ މަސައްކަތްތައް ސުޕަވައިޒްކޮށް ބެލުމާއި، ޤަވާޢިދުން މަސައްކަތްތައް ކުރުވުން. 7- ކޯޓުގެ އިދާރީ ކަންތައްތައް، ކޯޓުގެ އެހެން މުވައްޒަފުންނާއި ގުޅިގެން ފަރުވާތެރިކަމާއިއެކު ކުރުން. 8- ކޯޓުގެ އިދާރީ މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުން. އިންފޮރމޭޝަން ޓެކްނޮލެޖީގެ ދާއިރާއިން ކުރަންޖެހޭ މަސައްކަތްތައް 
  | 
||||||||||||||
| 
 މަޤާމުގެ ޝަރުޠުތައް:  | 
 1- ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރަށް "ސެކަންޑްރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑްރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ، 2- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.  | 
||||||||||||||
| 
 ތަޢުލީމީ ރޮނގު: އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް / އައިޓީ / އެކައުންޓިންގ އެންޑް ފައިނޭންސް / ޝަރީޢަތާއިޤާނޫނު  | 
|||||||||||||||
| 
 ގުޅޭ ވަޒީފާގެ ދާއިރާތައް: 1-އޮފީސްއެޑްމިނިސްޓްރޭޝަން، 2- މެނޭޖްމަންޓް، 3- ޝަރީޢާ / ޤާނޫނީ 4- ބިޒްނަސް، 5- އިންފޮމޭޝަންޓެކްނޮލޮޖީ.  | 
|||||||||||||||
| 
 އެހެނިހެން ޝަރުޠު  | 
 2.1. ކާފަ ނުވަތަ މާމަ (ދޮންކާފަ އާއި ދޮންމާމަ ހިމެނޭ ގޮތަށް) 2.2. މަންމަ ނުވަތަ ބައްޕަ (ދޮންމަންމައާއި ދޮންބައްޕަ ހިމެނޭގޮތަށް) ނުވަތަ 2.3. ދައްތަ ނުވަތަ ބޭބެ (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި ދޮންމަންމަ ނުވަތަ ދޮންބައްޕަގެ ދަރިން) 2.4. ދަރިން (ކާފަ ދަރިންނާއި މާމަދަރިން އަދި ދޮންދަރިންވެސް ހިމެނޭގޮތަށް) 2.5. އަނބިމީހާ ނުވަތަ ފިރިމީހާ 2.6. ފަހަރި ނުވަތަ ޅިޔަނު (ތިމާ އިނދެގެން އުޅޭ މީހާގެ ދައްތަ ނުވަތަ ބޭބެއާއި، އެމީހުން އިނދެގެންއުޅޭ މީހުނާއި، ތިމާގެ ދައްތަ ނުވަތަ ބޭބެ އިނދެގެން އުޅޭ މީހުން ހިމެނޭހެން) 2.7. މައިދަތަ ނުވަތަ ބަފައިބެ (އަނބިމީހާ ނުވަތަ ފިރިމީހާގެ ކާފަ ނުވަތަ މާމައާއި ދޮންމައިދައިތަ އާއި ދޮންބަފައިބެ ހިމެނޭ ގޮތަށް) 2.8. ބޮޑުބޭބެ ނުވަތަ ބޮޑުދައިތަ (ބޮޑުބޭބެ ނުވަތަ ބޮޑުދައިތަ އިނދެގެން އުޅޭ މީހާ ހިމެނޭ ގޮތަށް)؛ 2.9. ދެބޭންގެ ދެދަރި މީހަކު. ކަމުގައި ނުވުން.  | 
||||||||||||||
| 
 ހުށަހަޅަންޖެހޭ ލިޔުންތައް  | 
 1- ފުރިހަމަ ކޮށްފައިވާ ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް. (މި ފޯމް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓުން www.judiciary.gov.mv އަދި އަލިފުށީ މެޖިސްޓްރޭޓް ކޯޓުގެ ކައުންޓަރުން ލިބެންހުންނާނެއެވެ. 2- ވަޒީއަށްއެދޭފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް) 3- ވަޒީފާއަށްއެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. ނުވަތަ އައިޑީ.ކާޑު ގެއްލިފައިވާނަމަ، އެފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް. 4- ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން. 5- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛ (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމްދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ސެޓްފިކެޓް ނެތްހާލަތްތަކުގައި ، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޓްގެ ކޮޕީ. 6- މަސައްކަތުގެ ތަޖްރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭލިޔުންތަކުގެ ކޮޕީ: (ހ) ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާލިޔުން. 
 (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވާ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާލިޔުން. 
 (ނ) ޤައުމީ ނުވަތަ ބައިނަލްއުޤްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާ (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤަމުތަކުގައި ވަޒީފާ އަދާކޮށްފައިވާ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ލިޔުން (މިލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަ ދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ) 
 (ރ) ދައުލަތުގެ އުވާލާފައިވާ އިދާރާއެއްގައި ނުވަތަ އުވާލާފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތްނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލް 6ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖްރިބާ އަންގައިދޭ ރެފަރެންސް ޗެކް ފޯމް" 
  | 
||||||||||||||
| 
 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް  | 
 އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައެވެ. މިގޮތުން މިބައިތަކަށް ކަނޑައެޅިފައިވަނީ: 
 
  | 
||||||||||||||
| 
 މަޤާމަށް އެދެންވީގޮތާ ސުންގަޑި  | 
 މަޤާމަށްއެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 ޖޫން 2023 ގެ 13:30 ގެކުރިން ރ.އަލިފުށި މެޖިސްޓްރޭޓްކޯޓަށެވެ.ވަޒީފާއަށްއެދޭފޯމާއި ލިޔުންތައް އީމެއިލް[email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާންގެ ސުންގަޑީ ހަމަވުމުގެކުރިން ސަރުކާރުން އަލަށް ބަންދުދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑަ އަޅާދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭފޯމް ބަލައިގަނެވޭނެއެވެ.  | 
||||||||||||||
| 
 ޝޯޓްލިސްޓްކުރުން  | 
 މިވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖްރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓްލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  | 
||||||||||||||
| 
 އިންޓަރވިއު އަދި ޕްރެކްޓިކަލް އޮންނާނެތަނާއި، މުއްދަތު  | 
 
 މިމަޤާމަށް މީހަކުހޮވުމަށް ބޭއްވޭ ޕްރެކްޓިކަލް އަދި އިންޓަރވިއު އޮންނާނީ 01 ޖުލައި 2023 އާއި 03 ޖުލައި 2023 އާ ދެމެދު ރ.އަލިފުށި މެޖިސްޓްރޭޓްކޯޓުގައި.  | 
||||||||||||||
| 
 ވަޒީފާއަށް ކުރިމަތިލިފާރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން  | 
 ސްކްރީން ޕްރޮސެސްނިމުމުން "ވަޒީފާއަށްކުރިމަތިލި ފަރާތްތަކަށް ޕޮއިންޓްލިބުނުގޮތުގެ ޝީޓް (A2 ޝީޓް) " އާންމުކޮށް ފެންނާނެހެން މިކޯޓުގައި އަދި މިކޯޓުގެވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓް އާންމުކުރާ ދުވަހުންފެށިގެން ރަސްމީ ބަންދުނޫން ތިންދުވަހުގެ ތެރޭގައި އެޝަކުވާއެއް މިކޯޓަށް ހުށަހަޅަންވާނެއެވެ.  | 
||||||||||||||
 
 މިމަޤާމަށް ކުރިމަތިލާންވާނީ ކުރިން މަސައްކަތްކޮށްފައިވާ އޮފިސްތަކުންނާއި އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓް މިކޯޓުން ހޯދުމާމެދު އިޢުތިރާޟް ނުކުރާނަމެއެވެ.  | 
|||||||||||||||
