ދިވެހިރާއްޖެ
މި ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް 05 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް މި ކައުންސިލްގެ ބޭނުމަށް ރާއްޖޭން ބޭރުން ބިދޭސީން ރެކްރޫޓްކޮށްދިނުމާއި އެ ފަރާތްތައް ގެންގުޅެމުންދާއިރު އިދާރީގޮތުން ކުރަންޖެހޭ ކަންކަން އިންތިޒާމުކުރުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއެކު ކުރަންޖެހޭ އެންމެހާ މުޢާމަލާތެއްކުރުމާއި އެ ފަރާތްތަކަށް ދައްކަންޖެހޭ ފީތައް ދެއްކުމުގައި މެދުވެރިއެއްގެ ދައުރު އަދާކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ރެކްރޫޓްމަންޓް އެޖެންސީއެއް ހޯދަން ބޭނުންވެއްޖެއެވެ.
މި ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 2023 ޖޫން 14 އިން 2023 ޖޫން 25 ވަނަ ދުވަހުގެ 10:00 ގެ ނިޔަލަށް ރަޖިސްޓްރީވުމަށް
މި ކައުންސިލްގެ [email protected] އަށް އީމެއިލް ނުވަތަ ރަސްމީގަޑީގައި މި ކައުންސިލްގެ ނަންބަރު 6660714 ފޯނާ ގުޅުއްވައިގެން ނުވަތަ ރަސްމީގަޑީގައި
މި ކައުންސިލަށް ޙާޟިރުވެ ނަންނޯޓްކުރެއްވުން އެދެމެވެ. ރަޖިސްޓްރީވުމަށް ނަންނޯޓުނުކުރާ ފަރާތްތަކަށް ބިޑްހުށަނޭޅޭނެއެވެ. މި މަސައްކަތްތަކުގެ ތަފްސީލްހިމެނޭ ބިޑް ޑޮކިއުމެންޓް މި އިޢުލާނާއެކު އެޓޭޗުކުރެވިފައިވާނެއެވެ.
މި ބިޑްޑޮކިއުމަންޓުގެ ހާޑްކޮޕީ ދޫކުރެވޭނީ ކޮންމެ ގަނޑަކަށް 2ރ (ދެރުފިޔާ) ދެއްކުމުންނެވެ. މި މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބިޑް ޑޮކިއުމެންޓްތަކުގައި ހިމެނިފައިވާނެއެވެ.
މި މަސައްކަތާގުޅޭ އެއްވެސް ސުވާލެއް އޮތްނަމަ މަތީގައިވާ މެއިލަށް 2023 ޖޫން 25 ވަނަ ދުވަހުގެ 10:00ގެ ކުރިން ފޮނުވުމުން ޖަވާބު ފޮނުވޭނެއެވެ.
މި މަސައްކަތުގެ ޕްރީބިޑް މީޓިން އޮންނާނީ 2023 ޖޫން 19 ވަނަ ދުވަހުގެ 10:30 ގައި މި އިދާރާގައެވެ. އަދި ބިޑްބަލައިގަތުމާއި ބިޑްހުޅުވުން އޮންނާނީ 2023 ޖޫން 25 ވަނަ ދުވަހުގެ 11:00 ގައި މި އިދާރާގައެވެ.