ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެކެފަރު ދޯނި މަރާމާތު ކުރުން

މިއިދާރާގެ އެކެފަރު ދޯނި މަރާމާތް ކުރުން

މިއިދާރާގެ އެކެފަރު ދޯނީގައި ކުރަންހުރި ތިރީގައި މި ބަޔާންކުރާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަންބަރު. IUL)241-A/INDIV/2015/01)ފ(2015-01-21) އިޢުލާނުގައި ބަޔާންކުރަންޖެހޭ ބައެއް މަޢުލޫމާތުތައް މަދުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އެމަސައްކަތަށް އިޢުލާންކުރަމެވެ.  

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 03 ފެބުރުވަރީ 2015 ދުވަހުގެ 11:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މަސައްކަތް ކޮށްދެވޭ އަގު ބަޔާންކޮށް އަންދާސީހިސާބު 05 ފެބުރުވަރީ 2015 ދުވަހުގެ 11:00 އަށް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

މާކްސް ދެވޭނެ ގޮތުގެ ތަފުސީލު

  • ބިޑް އިވެލުއޭޓް ކުރާނީ ގއ. އަތޮޅުކައުންސިލް އިދާރާއިން ހޮވާލެވިފައިވާ ބިޑް އިވެލުއޭޝަން ކޮމިޓީއަކުންނެވެ.
  • މަސައްކަތުގެ އަގަށް   %75 މާކްސް
  • މުއްދަތު :        % 10 މާކްސް
  • ތަޖުރިބާ :        % 15 މާކްސް

ކުރަންހުރި މައިގަނޑު މަސައްކަތް

  • ދޯނީގެ ސަތަރި ހަރުކުރާ ލަކުޑި ފުރޭމް މަރާމާތުކޮށް ސަތަރި ހަދައި ސަތަރި އެޅުން.
  • ދޯނީގެ ވަށާޖަހާފައިވާ ލަކުޑި ޗެންޗޭނުގައި ފީވެ ހަލާކުވެފައިވާ ތޭރިތައް ނަގައި މަރާމާތުކުރުން.
  • ދޯނީގެ އެކޮޑަމޭޝަން ބައިގައާއި، އަދި އެހެނިހެން ތަންތަނުގެ ދޮރާއި ދޮރުފަތް މަރާމާތުކުރުން.
  • ދޯނީގެ ދަވާދު ލުން.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

09 ރަބީޢުލްއާޚިރު 1436

29 ޖަނަވަރީ 2015
ހޯދާ