މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުން

                  މިރަށުގައި އަލަށް ހެދުމަށް ކައުންސިލުން ނިންމާފައިވާ "ރިންގް ރޯޑު" ގައި ހުރި އަމިއްލަ މީސްމީހުންގެ ރުއްގަހުގެ މަޢުލޫމާތު ވަރަށް އަވަހަށް މި ކައުންސިލުން ހޯދަން ބޭނުންވެއެވެ.

                  ވީމާ، ތިރީގައި މިދަންނަވާ ސަރަހައްދުގައި ހުރި އަމިއްލަ މީސްމީހުންގެ  ރުއްގަހުގެ މަޢުލޫމާތު (ރުއްގަހުގެ ވެރިފަރާތުގެ ނަމާއި އެޑްރެސް، މަޢުލޫމާތުދޭ ފަރާތުގެ ނަމާއި އެޑްރެސް، ރުއްގަސްހުރި ސަރަޙައްދު އަދި ރުއްގަހުގައި  ޖަހާފައިވާ ނަންބަރު) އިނގޭނޭހެން 5 (ފަހެއް) ދުވަހުގެ ތެރޭގައި މި ކައުންސިލަށް ލިޔުމަކުން އަންގަވައި ދެއްވުން އެދެމެވެ.

  • ނަރުދަމާ " ޓްރީޓްމަންޓް ޕްލާންޓް" އިން ފެށިގެން މޭނާމަގު ހުޅަނގުކޮޅާއި ހަމައަށް ރަތް ކުލައިން ނަންބަރު ޖަހާފައިވާ ރުއްގަސް.

                   ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

13 ޖޫން 2023
ހޯދާ