އެސިސްޓެންޓް ޑިރެކްޓަރ
|
މަޤާމުގެ ރޭންކް:
|
އެމް. އެސް 3
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އެސިސްޓެންޓް ޑިރެކްޓަރ
|
ޑިޕާޓްމަންޓް:
|
ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ/ ބިލްޑިންގ، ޕްރޮޕަޓީ އެންޑް ލޭންޑް
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ބިއްލޫރިޖެހިގެ، މާލެ
|
މުސާރަ:
|
7,035.00
|
ސަރވިސް އެލަވަންސް
|
2,000.00
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މަޤާމުގެ ޝަރުޠު
|
1- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ؛
2- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
3- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
4- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފާވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު
|
- ކުރެހުން ޗެކްކުރުން.
- ރަޖިސްޓަރީ ޗެކްކުރުން.
- ގޯތިގެދޮރުގެ ދަފުތަރު ބެލެހެއްޓުން.
- މާލޭ ސިޓީގެ އެޑްރެސް ފޮތް ބެލެހެއްޓުން.
- މުވައްޒަފުންނާ މަސައްކަތް ހަވާލުކުރުމާއި، މަސައްކަތް ހިނގާނުހިނގާ ގޮތް ބެލެހެއްޓުން.
- ޔުނިޓުގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާބެހޭ މަސައްކަތްތައް ކުރުން.
- ގަވާއިދާ އެއްގޮތަށް މުވައްޒަފުންނަށް އަންގަންޖެހޭ އެންގުންތައް އެންގުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- ޑިޕާޓްމަންޓުގެ ވެރިޔާއާ މަޝްވަރާކޮށްގެން ޔުނިޓުގެ އިދާރީ މަސައްކަތްތައް ހިންގުން.
- ޔުނިޓުގެ މަސައްކަތް ހިނގާނުހިނގާގޮތް، ޑިޕާޓްމަންޓުގެ ވެރިޔާއަށް ރިޕޯޓްކުރުން.
- ޔުނިޓުގެ ޔައުމިއްޔާ ޗެކްކުރުން.
- ވަޒީފާގެ ހައިސިއްޔަތުން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުން.
|
މި މަޤާމަށް މީހުން ހޮވުމުގައި އިސްކަންދޭނެ ކަންތައްތައް:
|
- ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ކިޔަވާފައިވާ ފަރާތްތައް.
- މަޤާމާ ގުޅޭ މަސައްކަތުގެ ދާއިރާއެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތައް.
|
އެސިސްޓެންޓް ޑިރެކްޓަރ
|
މަޤާމުގެ ރޭންކް:
|
އެމް. އެސް 3
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އެސިސްޓެންޓް ޑިރެކްޓަރ
|
ޑިޕާޓްމަންޓް:
|
ކޯޕަރޭޓިވް ސަރވިސް/ ކައުންސިލް ބިއުރޯ
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
މާލޭ ސިޓީކައުންސިލްގެ އިދާރާ / ބިއްލޫރިޖެހިގެ، މާލެ
|
މުސާރަ:
|
7,035.00
|
ސަރވިސް އެލަވަންސް
|
2,000.00
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މަޤާމުގެ ޝަރުޠު:
|
- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ؛
- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފާވުމާއިއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ސެކްޝަނުގެ އިދާރީ ހިންގުމާބެހޭ މަސައްކަތް ކުރުން.
- ސެކްޝަނުގެ މުވައްޒަފުންގެ ކަންކަން ސްޕަވައިޒްކޮށް ބެލެހެއްޓުން.
- ކައުންސިލް މީޓިންގތައް އިންތިޒާމްކުރުމާއި، މީޓިންގތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި އިންތިޒާމްކޮށް ބެލެހެއްޓުން.
- ކައުންސިލުން ނިންމާ ނިންމުންތަކާއި، ޤަރާރުތައް ހަމަޖެހިފައިވާ އުޞޫލެއްގެ މަތިން ނިންމައި، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމުގެ ކަންތައް ރާވައި އިންތިޒާމުކޮށް ބެލެހެއްޓުން.
- ކައުންސިލް މީޓިންގތަކުން ނިންމާ ނިންމުންތަކުގެ ސްޓޭޓަސް އަޕްޑޭޓް ބެލެހެއްޓުން.
- ސެކްޝަނުގެ މަސައްކަތްތަކާ ގުޅޭގޮތުން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔުންތައް ތައްޔާރުކޮށް ފޮނުއްވުމުގެ ކަންތައް ބެލެހެއްޓުން.
- ކައުންސިލްގެ އަހަރީ ރިޕޯޓާއި، ލޯކަލް ގަވަރމެންޓް އޮތޯރިޓީއަށް ފޮނުވުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ރިޕޯޓުތައް ޤަވާޢިދުން ތައްޔާރުކޮށް ފޮނުވުން.
- މޭޔަރާއި، ކައުންސިލަރުންނާ ބައްދަލުކުރަން ވަޑައިގަންނަވާ ބޭފުޅުންނާ ބައްދަލުކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުން.
- މޭޔަރުގެ ބެއްލެވުމުގެދަށުން ކުރިއަށްގެންދާ އިދާރީ މަސައްކަތްތަކާއި ޓެކްނިކަލް މަސައްކަތްތައް ރާވައި ހިންގުން.
- މޭޔަރ ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުންތަކުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ ފޮނުވުމުގެ ކަންތައް ކުރުވައި ބެލެހެއްޓުން.
- ކައުންސިލް ބިއުރޯއިން ފޮނުވަންޖެހޭ ސިޓީ، މެމޯ ތައްޔާރުކޮށް ފޮނުވުމުގެ ކަންތައް ބެލެހެއްޓުމާއި، ބިއުރޯއަށް ބަލައިގަންނަ ސިޓީއާއި މެމޯއާއި މިނޫންވެސް ލިޔުންތަކަށް ކައުންސިލަރުން އަންގަވާ ގޮތެއްގެ މަތިން ޖަވާބު ތައްޔާރުކޮށް ފޮނުވުމުގެ މަސައްކަތް ކުރުވައި ބެލެހެއްޓުން.
- ޚާއްޞަ ޙާލަތްތަކާ ގުޅިގެން ކައުންސިލަރުން އަންގަވާ ކަންތައްތައް ރާވައި ހިންގައި ބެލެހެއްޓުން.
|
މި މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:
|
- މަސައްކަތުގެ ދާއިރާގައިއުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތައް.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ، ހީވާގި ފަރާތްތައް.
|
ސީނިއަރ އިންސްޕެކްޓަރ
|
މަޤާމުގެ ރޭންކް:
|
ޖީ . އެސް 3
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އޮފިސަރ ގްރޭޑް 1
|
ޑިޕާޓްމަންޓް:
|
ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ/ ބިލްޑިންގ، ޕްރޮޕަޓީ އެންޑް ލޭންޑް
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
މާލޭ ސިޓީކައުންސިލްގެ އިދާރާ / ބިއްލޫރިޖެހިގެ، މާލެ
|
މުސާރަ:
|
މަހަކު 4,465.00 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު 1,500.00 ރުފިޔާ
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މަޤާމުގެ ޝަރުޠު:
|
1- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފާވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- އިންފާރު ތެޅުމުގެ ހުއްދައަށާއި، ދޮރުކެނޑުމުގެ ހުއްދައަށް އެދުމުން، އެތަނަކަށް ގޮސް، އެތަން އިންސްޕެކްޓްކޮށް، އެކަމާ ގުޅޭ ރިޕޯޓެއް ތައްޔާރުކޮށްފައި ހުށަހެޅުން.
- ގޯތިގޯތި، ބައިކޮށް ހެދިފައިވާ ގޯޅިމަގުތަކާ ބެހޭގޮތުން ހުށަހެޅޭ ޝަކުވާތަކުގެ މައްސަލަތައް ހުށަހެޅުމުން، އެ ތަންތަނަށް ގޮސް، އެކަންކަން ބަލާފައި ރިޕޯޓް ތައްޔާރުކުރުން.
- ޢިމާރާތާއި، ގޯތީގެ ރަޖިސްޓްރީ ހެދުމަށް ހުށަހެޅުމުން، އެތަންތަނަށް ގޮސް، ވަށާ އިންފާރު ނުވަތަ ކަންމުޑިބުރި ރާނައި ނަންބޯޑު ހަރުކުރިތޯ ބެލުމަށްފަހުގައި ރިޕޯޓް ތައްޔާރުކޮށްފައި ހުށަހެޅުން.
- ގޭގޭގެ ދިޔަދޮވިން ފައިބާ ފެން، އިންވެގެން ހުންނަ ގޭގެ ފުރާޅުމައްޗަށް ނުވަތަ ގޭގެތެރެއަށް ފެންފައިބާ މައްސަލަތަކާ ގުޅިގެން ޝަކުވާ ހުށަހެޅުމުން، އެ ގޭގެއަށް ގޮސް، އެ މައްސަލަތައް ބަލައި، ރިޕޯޓެއް ތައްޔާރުކުރުން.
- ޚާއްޞަ ޙާލަތްތަކާ ގުޅިގެން ދިމާވާ މައްސަލަތަކުގައި، ވެރިން އަންގަވާ ގޮތެއްގެ މަތިން މަސައްކަތް ކުރުން.
|
މި މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:
|
- މަސައްކަތުގެ ދާއިރާގައިއުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތައް.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ، ހީވާގި ފަރާތްތައް.
|
ސަރވެއަރ އެސިސްޓެންޓް
|
މަޤާމުގެ ރޭންކް:
|
އެސް . އެސް 2
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ސަޕޯޓް ސްޓާފް ގްރޭޑް 2
|
ޑިޕާޓްމަންޓް:
|
ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ/ ބިލްޑިންގ، ޕްރޮޕަޓީ އެންޑް ލޭންޑް
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
މާލޭ ސިޓީކައުންސިލްގެ އިދާރާ / ބިއްލޫރިޖެހިގެ، މާލެ
|
މުސާރަ:
|
މަހަކު 3,470.00 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު 1,000.00 ރުފިޔާ
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މަޤާމުގެ ޝަރުޠު:
|
1- މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
2- މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
1- ވަކިކަމަކަށް ޢިމާރާތް ބޭނުންކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ތަންތަން ޗެކްކުރުން.
2- ޢިމާރާތްކުރުމާބެހޭ އެކިއެކި ހުއްދަ ދިނުމަށްޓަކައި ޗެކްކުރަންޖެހޭ ތަންތަން ޗެކްކުރުން.
3- ގުދަނުން ހޯދަންޖެހޭ ލިޔެކިއުންތައް ހޯދުން.
4- ގުދަނަށް ގެންދަންޖެހޭ ލިޔެކިއުންތައް ގެންދިއުން.
5- ރިޕޯޓް ލިއުން.
|
މި މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:
|
- މަސައްކަތުގެ ދާއިރާގައި ތަޖުރިބާ ލިބިފައިވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ، މީހުންނާ މުޢާމަލާތްކުރުމުގައި ބަސްމަގު ހަރުދަނާ މީހުން.
|
އުޖޫރައާއި ޢިނާޔަތްތައް:
|
- ސިވިލް ސަރަވިސްގެ ޤަވާއިދުގައި ހަމަޖެހިފައިވާ އުސޫލުގެ މަތިން، އިތުރު ގަޑީގެ ފައިސާއާއި، ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން އެލެވަންސްތައް ދެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކުރަންޖެހޭ ލެވެލްގެ ސެޓްފިކެޓްތައް ހުށަހަޅާނީ، އެކްރެޑިޓްކުރުމަށްފަހު)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ ( ވަޒީފާއަށް އެދި ހުށައަޅާ ފޯމާއެކު އެޓެޗްކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ އެ ނަމޫނާގައިވާ އެންމެހައި މަޢުލޫމާތު ހިމެނޭގޮތަށް ތައްޔާރުކުރެވިފައި އޮންނަ ސީ ވީއެއް)
- ސިވލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- އަދާކޮށްފައިވާ ވަޒީފާތައް އެނގޭނޭ ތަފްސީލީ ލިއުމެއް (ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)
|
ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުން:
|
މި މަޤާމުތަކަށް އެދޭ ފަރާތްތަކުން 2015 ފެބުރުވަރީ 12 ވާ އަންގާރަ ދުވަހުގެ މެންދުރު 14:30 ގެ ކުރިން، މަޖީދީމަގުގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާއަށް ފޯމް ހުށަހެޅުން އެދެމެވެ. ވަޒީފާއަށްއެދޭ ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓު www.csc.gov.mv ން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
|
އިންޓަރވިއު އޮންނަ ދުވަހާއި ތަން:
|
މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކާ އިންޓަވިއުކުރުމަށް 2015 ފެބުރުވަރީ 19 ވަނަ ދުވަހުން ފެށިގެން މި އިދާރާއިން ގުޅަމުން ގެންދާނެއެވެ. އަދި އިންޓަވިއު ކުރިޔަށްދާނީ، މަޖީދީ މަގުގައި ހުންނަ މާލޭ ސިޓީ ހޯލުގެ 3 ވަނަ ފަންގިފިލާގައެވެ.
|
އިތުރުމަޢުލޫމާތު
|
- މި މަޤާމުތަކަށް އިންޓަރވިއުކުރުމަށް ގުޅާނީ މެރިޓް އުޞޫލުން ބަލައިގެން ޝޯޓްލިސްޓް ކުރުމަށްފަހު 15 ފަރާތަށެވެ.
- މި ވަޒީފާތަކާ ބެހޭގޮތުން އިތުރުމަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، މި އިދާރާގެ ނަންބަރު 7989840 ފޯނަށާއި، ނަންބަރު 3323902 ގެ ފޯނަށެވެ.
|