މަޤާމް:
|
ފައިނޭންސް އޮފިސަރ
|
މަޤާމުގެ ނަންބަރު:
|
252301
|
ރޭންކް:
|
އެމް އެސް 1
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ބޭނުންވާ އަދަދު؛
|
1 (އެކެއް)
|
ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:
|
ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
|
ސެކްޝަން:
|
ކޯޕަރޭޓް އެފެއަރސް ޔުނިޓް
|
މުސާރަ:
|
5610.00 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
2000.00 ރުފިޔާ
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
އެހެނިހެން އެލަވަންސް:
|
ރަމަޟާންމަހުގެ މުނާސަބަތުގައި ދޭ އެލަވަންސާއި، އިތުރުގަޑީގެ މަސައްކަތަށްދޭ ފައިސާއާއި، ބަންދު ދުވަސްތަކުގައި މަސައްކަތްކުރާތީ މުސާރައިގެ އިތުރުންދޭ އެލަވަންސް ހަމަޖެހިފައިވާ ގަވާއިދުގެމަތިން ދެވޭނެއެވެ.
|
މަޤާމުގެ ޝަރުޠުތައް:
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ހާސިލުކޮށްފައިވުން.
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ކައުންސިލުން ކުރާ އެންމެހައި ޚަރަދުތައް ބެލެހެއްޓުމާއި، ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް ފައިސާ ދެއްކުން.
- ކައުންސިލްގެ އިދާރާއަށް އެކިއެކި ބޭނުމަށް ހޯދަންޖެހޭ ތަކެތި، ވީ އެއްމެ އަވަސް މުއްދަތެއްގައި، މާލިއްޔަތު ގަވާއިދާ އެއްގޮތަށް ހޯދައި ސްޓޮކާ ހަވާލުކުރުން.
- އެކިގޮތްގޮތުން އޮފީހަށް ލިބޭ ފައިސާގެ އެންމެހައި ކަންތައްތައް ޤަވާއިދާ އެއްގޮތްވާގޮތުގެމަތިން ބެލެހެއްޓުން.
- އޮފީހުގެ ބެލުމުގެ ދަށުގައިވާ އެކައުންޓުތަކުގެ ހިސާބުތައް ބެލެހެއްޓުން.
- އޮފީހުގެ ތިޖޫރި ބެލެހެއްޓުން.
- މުވައްޒަފުންގެ މުސާރައާބެހޭ އެންމެހައި ކަންތައް ކުރުން.
- ސެކްޝަނުގެ އެހެން މުވައްޒަފަކު ޗުއްޓީގައި ނުވަތަ ސަލާމުގައި ހުންނަ ދުވަސްތަކުގައި އެ މުވަޒަފަކު ކުރަމުންގެންދިޔަ މަސައްކަތް ވަގުތީގޮތުން ހަވާލުކޮށްފި ހިނދެއްގައި، އެ މަސައްކަތްތައް ކުރުން.
- ކައުންސިލްގެ އިދާރާގެ ހުރިހާ ޔުނިޓުތަކާއި ސެކްޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ކައުންސިލަރުންނާ ގުޅިގެން އެކުވެރިކަމާއި އެއްބާރުލުން ދެމެހެއްޓުމަށް މަސައްކަތްކޮށް، މަސައްކަތްކުރެވޭ މާޙައުލަކީ ހިތްހަމަޖެހިގެން މަސައްކަތްކުރެވޭ މާޙައުލަކަށް ހެދުމަށް މަސައްކަތް ކުރުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:
|
- ލިބިފައިވާ ތަޢުލީމާއި ތަމްރީން.
- މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.
|
އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚު:
|
އިންޓަވިއު އޮންނާނީ ގއ. ކަނޑުހުޅުދޫ ކައުންސިލުގެ އިދާރާގައެވެ. އިންޓަވިއު އޮންނާނެ ދުވަހާއި ގަޑިއާބެހޭ މަޢުލޫމާތު، މަސައްކަތު 5 ދުވަހުގެ ކުރިން ލިޔުމުން އެންގޭނެއެވެ.
|
އެޕްލިކޭޝަން ފޮނުވަންވީ ތަނާއި ތާރީޚު:
|
މި ވަޒީފާއަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިއުންތަކާއެކު، 2015 ފެބުރުވަރީ 12 ވަނަ ދުވަހުގެ 15:00 ގެ ކުރިން، ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލުގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.
|
ހުށަހަޅަންޖެހޭ ލިއުންތައް:
|
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ކަނޑުހުޅުދޫ ކައުންސިލުގެ އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
- ސިވިލްސަރވިސްއަށް /ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒިފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގައިގައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭ ނަންބަރާއި އީމެއިލް އެޑްރެހާއެކު)
|
އިތުރުމައުލޫމާތު
|
މި ވަޒީފާއަށް ހުށަހެޅުމުގައި އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، ގއ. ކަނޑުހުޅުދޫ ކައުންސިލުގެ އިދާރާގެ ނަންބަރު 6820020 ފޯނާ ގުޅުން އެދެމެވެ.
މި މަޤާމަށް އިންޓަރވިއު ކުރެވޭނީ، މި މަޤާމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ، ތަޢުލީމީ ފެންވަރު އެންމެ ރަނގަޅު ފަރާތްތަކާއެވެ.
|