ދިވެހިރާއްޖެ
ގެސްޓް ހައުސްއެއް ހަދައި ހިންގުމަށް ލ.މުންޑޫ އުތުރު ފަރާތުން 49000 އަކަފޫޓުގެ ބިމެއް 35 އަހަރު ދުވަހަށް ކުއްޔައްދިނުން. |
ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ތަނާއި، ބޭނުން |
35 އަހަރު ދުވަހަށް |
ބިން ދިނުމަށް ހަމަޖެހިފައިވާ މުއްދަތު: |
މި ބިން ދިނުމަށް ހަމަޖެހިފައިވަނީ ބިޑްފޮތް ވިއްކައިގެންނެވެ. ބިޑްފޮތް ވިއްކާނީ 14 ޖޫން 2023 އިން 05 ޖުލައި 2023 އަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 14:00 އަށް ހައްދުންމަތީ މުންޑޫ ކައުންސިލްގެ އިދާރާއިންނެވެ. |
ބިޑްފޮތް ވިއްކުން: |
ބިޑް ފޮތެއް ވިއްކާނީ 3000.00 ( ތިންހާސް ރުފިޔާ ) އަށްށެވެ. |
ބިޑްފޮތް ވިއްކާ އަގު: |
- ބިޑް ކުރާ ހުރިހާ ފަރާތްތަކުންވެސް ރ.50000 ( ފަންސާސް ހާސް ރުފިޔާ) ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަންވާނެއެވެ. މި ބިޑް ސެކިއުރިޓީއަކީ، ރާއްޖޭގައި ހިންގާ ބޭންކަކުން ނުވަތަ ސަރުކާރުން ޤަބޫލުކުރާ ފައިނޭންޝަލް އިންސްޓްޓިއުޝަނަކުން ދޫކުރެވިފައިވާ، ބިޑް ހުޅުވާ ތާރީޚުން ފެށިގެން 40 (ސާޅީސް ) ދުވަހުގެ މުއްދަތަށް ޞައްޙަކަން ދެމިއޮންނާނެގޮތަށް ދޫކޮށްފައިވާ ބިޑް ސެކިއުރިޓީއަކަށް ވާންވާނެއެވެ. - ބިޑް ކާމިޔާބު ކުރެވިއްޖެނަމަ ބިން ކުއްޔަށް ލިބިގަތުމުގެ ފީ އެއްގެ ގޮތުން އެންމެ މަދުވެގެން 100000.00ރ (އެއްލައްކަ ރުފިޔާ) ކައުންސިލްއަށް ދައްކަންޖެހޭނެއެވެ. މިއީ ޤާނޫނުން ނުވަތަ ގަވާއިދުން ނުވަތަ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ އެހެން ހުރިހާ ފީއަކާއި އަގަކާއި ފައިސާއެއްގެ އިތުރުން ހުށަހަޅާ ފީއެކެވެ. |
އެހެނިހެން: |
- ކައުންސިލްގެ އަމިއްލަ އިޚްތިޔާރުގައި ނުވަތަ ބިޑް ހުށަހަޅަން ބިޑް ފޯމް ގަނެފައިވާ ފަރާތަކުން ސާފުކުރަން އެދޭ މަޢުލޫމާތަކާ ގުޅިގެން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ބިޑް ޑޮކިއުމަންޓަށް، 02 ޖުލައި 2023 ވަނަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން، އިޞްލާޙު ގެނައުމުގެ ފުރިހަމަ އިޚްތިޔާރު، ކައުންސިލަށް ލިބިގެންވެއެވެ. - ކައުންސިލުން ބިޑް ޑޮކިއުމަންޓަށް ގެންނަ ކޮންމެ އިޞްލާޙެއްވެސް، ބިޑް ޑޮކިއުމަންޓް ގަނެފައިވާ ހުރިހާ ފަރާތްތަކަށް ފޯރުކޮށްދެވޭނެއެވެ. |
ބިޑް ޑޮކިއުމަންޓް އިޞްލާޙުކުރުން |
ލ.މުންޑޫ ކައުންސިލްގެ އިދާރާ |
ބިޑް ހުށަހަޅަންޖެހޭ ތަން: |
16 ޖުލައި 2023 ވާ އާދީއްތަ ދުވަހުގެ 11:00 ގަޑި ޖެހުމަށް ފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. |
ބިޑް ހުށަހަޅާ އަދި ބިޑް ހުޅުވާ ތާރީޚު އަދި ގަޑި: |
ބިޑް ހުށަހެޅުމަށް ފޯމު ގަނެފައިވާ ފަރާތްތަކުގެ ތެރެއިން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންވާ ފަރާތްތައް ލިޔުމަކުން ކައުންސިލްއަށް 04 ޖުލައި 2023 ވާ އަށް [email protected] ބުދަ ދުވަހުގެ11:00 ގެ ކުރިން އީމެއިލް ކުރެއްވުން އެދެމެވެ. |
އިތުރު މަޢުލޫމާތު: |
ބީލަންތައް ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައި، ބިޑްގެ 1 އޮރިޖިނަލް އޮންނަ ގޮތަށެވެ. އެ ސިޓީއުރައިގައި ކައުންސިލްގެ އިދާރާގެ ފުރިހަމަ އެޑްރެސް އޮންނަންވާނެއެވެ. އަދި އަންނަނިވި ޢިބާރާތް ސިޓީއުރައިގައި ކައުންސިލްގެ އިދާރާގެ އެޑްރެސް ޖަހާ ފުށުގެ އެންމެމަތީގައި، މެދަށްވާގޮތަށް، ފުރިހަމައަށް ލިޔެފައި އޮންނަންވާނެއެވެ. " ޓޫރިސްޓް ގެސްޓްހައުސް ހެދުމަށްޓަކައި ބިން ކުއްޔަށް ހިފުމަށް ހުށަހަޅާ ބިޑް، 16 ޖުލައި 2023". ސިޓީއުރައިގެ ބޭރުގައި، ބިޑް ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ލިޔެފައި އޮންނަންވާނެއެވެ. އަދި ސިޓީއުރައިގެ ކަނާތްފަރާތު މަތީކަނުގައި ބިޑްގެ ސީރިއަލް ނަންބަރު ލިޔެފައި އޮންނަންވާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.