ދިވެހިރާއްޖެ
ހދ އަތޮޅު ކައުންސިލް އިދާރާގެ މާރެސް ލޯންޗްގެ މަރާމާތުތައް، އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން އޮންލައިންކޮށް ރަޖިސްޓްރީވުމަށް https://www.haadhaal.gov.mv/bid-register ލިންކް ބޭނުން ކުރެއްވުން އެދެމެވެ.
ތަފްސީލް |
ތާރީޚް |
ގަޑި / ތަން |
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުން |
13 ޖޫން 2023 އިން 21 ޖޫން 2023 ނިޔަލަށް |
21 ޖޫން 2023 ގެ 14:00 ކުރިން، އޮންލައިންކޮށް |
މައުލޫމާތު ސާފުކުރުން |
22 ޖޫން 2023 |
11:00 ހދ އަތޮޅު ކައުންސިލް މީޓިންރޫމް |
ބީލަންތައް ހުޅުވުން |
2 ޖުލައި 2023 |
11:30 ހދ އަތޮޅު ކައުންސިލް މީޓިންރޫމް |
ބީލަމުގައި ރަޖިސްޓަރ ވެވަޑައިގަތުމުން ބީލަމާއިގުޅޭ މައުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ލިބިވަޑައި ގަންނަވާނެއެވެ.
ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
މި ބީލަން ހުޅުވާލެވިފައިމިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތިލަދުންމަތީ ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ
އަމީނީމަގު، ކުޅުދުއްފުށި ، ދިވެހިރާއްޖެ
ފޯން: 6521646 ، 6521643
އީމެއިލް: [email protected]