ދިވެހިރާއްޖެ
އިޢުލާން
ދ.ކުޑަހުވަދޫ ކައުންސިލްގެ އިދާރާ އަށް ސާވޭ އިކުއިޕްމަންޓް އެއް ހޯދުމާއިގުޅޭ
ބީލަން ހުށަހެޅުމުގެ ދައުވަތު:
ދ.ކުޑަހުވަދޫކައުންސިލްގެ އިދާރާއަށް ސާވޭ އިކުއިޕްމަންޓް އެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 18 ޖޫން 2023 ގެ 12:00 ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެހަށް، [email protected] ބިޑް ރެޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު މެއިލްކޮށްދެއްވުން އެދެމެވެ. ބީލަން ރަޖިސްޓްރީ ކުރުމުގެ އަގަކީ 150.00ރ އެވެ. އޮންލައިންކޮށް ފައިސާ ދައްކަވައިގެން ރަޖިސްޓަރ ވާނަމަ، މި އިދާރާގެ އެކައުންޓަށް ޓްރާންފަރ ކުރެވޭނެއެވެ. އަދި ޓްރާންސްފަރ ކުރި ސްލިޕް ދެންނެވިފައިވާ މެއިލް އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ބީލަމާގުލޭ މައުލޫމާތު ކަރުދާސް މެއިލްކޮށްދެވޭނެއެވެ. މިކަމާއި ގުޅިގެން މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމެއް ނޯއްނާނެއެވެ.
މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 18 ޖޫން 2023 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން، މަތީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 18ޖޫން 2023 ވާ އާދިއްތަ ދުވަހުގެ 22:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 20 ޖޫން 2023 ވާ އަންގާރަ ދުވަހުގެ 10:00 ގައި ދ.ކުޑަހުވަދޫ ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމް ގައެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ދ.ކުޑަހުވަދޫ ކައުންސިލްގެ އިދާރާ ،
- އެކައުންޓް ނަންބަރު: 7730000135156
- އެކައުންޓް ނަން: Revenue 1430
ފޯން: 6760522 / 6760067
އީމެއިލް: [email protected]