މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަޙައްދުގައި ހުރި ރުއްގަހާއި ތަކެތި ނެގުން

ރަށުގެ ދެކުނު ބަނދަރު ސަރަޙައްދުގެ ބިންތަކާއި މަގުތައް ޕްލޭންކުރުމުގެ މަސައްކަތް ކައުންސިލުން މިދަނީ ކުރަމުންނެވެ. މިމަސައްކަތުގެ ތެރެއިން ބިންތަކާއި މަގުތައް ވަކިކުރުމަށްޓަކައި، ބަނދަރާއި އިންވެގެން އޮތް ބިންތަކާއި މަގުތަކާއި ގޯޅިތަކުގައި ހުރި ރުއްގަސްތަކާއި ދަރުފުނިތަކާއި، އެނޫންވެސް ތަކެތި ނަގައި، ބިން ސާފުކުރުމަށް ބޭނުންވެއެވެ.

އެހެންކަމުން، މިމަސައްކަތުގެ ތެރެއިން، އަމީނީ މަގުގެ ހުޅަނގުން، ތިރީގައިވާ ޗާޓުގައި ފާހަގަކޮށްފައިވާ ޞަރަހައްދުތަކުގައި ހުރި ރުއްގަހާއި ދަރާއި އެހެނިހެންވެސް ތަކެތީގެ ވެރިފަރާތެއްވާނަމަ، 2023 ޖޫން 22 ވާ ބުރާސްފަތި ދުވަހުގެ ކުރިން އެތަކެތި ނަންގަވައި ބިން ސާފުކުރުމަށް ދަންނަވަމެވެ. އަދި މިމުއްދަތުގެ ތެރޭގައި ނުނަގާ ދޫކޮށްލާފައި ހުންނަ ތަކެތި ނަގައި ބިން ސާފުކުރުމުގެ މަސައްކަތް މިކައުންސިލްގެ ފަރާތުން ކުރަމުންދާނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 ޖޫން 2023
ހޯދާ