ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލުކުރުން
                                ރައްޔިތުންނާއި ބައްދަލުކުރުން
އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2010/7) 107 ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރަކު ޖުލައިމަހު ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުމުގެ ތެރެއިން ޖުލައިމަހުގައި ބާއްވަންޖެހޭ ބައްދަލުވުން 9 ޖުލައި 2023 ވާ އާދިއްތަ ދުވަހުގެ ރޭގަނޑު 20:30 ގައި ބަނޑިދޫ ކޮމިޔުނިޓީ އީ-ސެންޓަރުގައި ބޭއްވުމަށް މި ކައުންސިލުން ވަނީ ނިންމަވާފައެވެ. މިބައްދަލުވުގެ އެޖެންޑާ ތިރީގައި އެވަނީއެވެ.
- 2023 ވަނަ އަހަރުގެ ފުރަތަމަ 6 މަހުގެ ރިޕޯޓް ހުށަހެޅުން
- 2024 ވަނަ އަހަރުގެ މަސައްކަތް ތާވަލް އަދި ބަޖެޓް ހުށަހެޅުން
ވީމާ، މިބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ރަށުގެ ލޮބިވެތި އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ. މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
             12 ޖޫން 2023
            
        
                    ހޯދާ  
                
                 
                    