ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް ހުޅުވާލުން

ނަމްބަރ:( IUL)252/252/2023/47

 

 

                           އިޢުލާން

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުން :  

 

                     ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށައެޅުމުގެ ފުރުޞަތު 12 ޖޫން 2023  ފެށިގެން ހުޅުވާލަމެވެ. އަދި 12 ޖޫން 2023 އިން 22 ޖޫން 2023 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ފޯމް ބަލައިގަތުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

                     ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި މިވަގުތު ރަޖިސްޓްރީވެފައިވާ ފަރާތްތަކުން މި ފުރުޞަތުގައި އަލުން ފޯމް ހުށައަޅަން ނުޖެހޭނެއެވެ. އަދި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ޢާއިލާގައި 22 ޖޫން 2023 އަށް 18 އަހަރު  ފުރިފައިވާ ފިރިހެނުން ހިމެނޭ އާއިލާތަކާއި ނުވަތަ 65 އަހަރު ފުރޭ މީހެއް / މީހުން ހިމެނޭނަމަ އެ ޢާއިލާއަކުން އަލުން ފޯމް ހުށައަޅަން ޖެހޭނެއެވެ.

                     ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން 13:30 އަށް މިއިދާރާއިން ލިބެންހުންނާނެއެވެ. އަދި ފޯމް ހުށައެޅުމުގެ މުއްދަތުގެ ފަހުން ހުށައަޅާ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެއެވެ.

                     މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

                       23 ޛުލްޤައިދާ 1444

                     12 ޖޫން 2023

12 ޖޫން 2023
ހޯދާ