ދިވެހިރާއްޖެ
"ހޮޓެލް ރެހެނދި" ކުއްޔަށްދިނުމާގުޅޭ
ތ. ހިރިލަންދޫ ބަނދަރު ސަރަޙައްދުގައި އިމާރާތްކުރެވިފައިވާ ހޮޓެލް ރެހެނދީގެ ކެފޭ/ރެސްޓޯރަންޓް ހިންގުމަށް ޚާއްޞަކުރެވިފައިވާ ބައި 5 އަހަރުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ބޭނުންވެއްޖެއެވެ.
ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން 12 ޖޫން 2023 ވާ ހޯމަ ދުވަހުން ފެށިގެން 20 ޖޫން 2023 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި މިކައުންސިލަށް ދުރުވެ ނުވަތަ [email protected] މެއިލްއަށް، ބިޑްރަޖިސްޓަރީ ކުރުމަށް އެދޭ ފޯމު ފުރިހަމަކޮށް ހުށަހަޅައިގެން ރަޖިސްޓްރީކުރައްވައި، ބީލަން ކަރުދާސް ބައްލަވައިގަތުން އެދެމެވެ. ބީލަން ކަރުދާހުގެ އަގަކީ -/100ރ އެވެ. ރަޖިސްޓްރީވުމަށް އެދޭ ފޯމު މިއިދާރާއިންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ލިބޭނީ ރަޖިސްޓްރީވެ، ބީލަން ކަރުދާސް ބައްލަވައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. މި ބީލަމާ ގުޅިގެން ބާއްވާ ޕްރީ-ބިޑް މީޓިންގ އާއި ބިޑުހުށަހެޅުމަށް ބާއްވާ ބައްދަލުވުން ހަމަޖެހިފައިވާގޮތް ތިރިގައިވާ ތާވަލުގައި އެވަނީއެވެ.
|
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
ޕްރީ-ބިޑް މީޓިންގ |
ތ.ހިރިލަންދޫ ކައުންސިލްގެ އިދާރާ |
20 ޖޫން 2023 |
އަންގާރަ |
13:00 |
ބިޑް ހުށަހެޅުން |
ތ.ހިރިލަންދޫ ކައުންސިލްގެ އިދާރާ |
21 ޖޫން 2023 |
ބުދަ |
11:00 |
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.