ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން.
ނަންބަރ: 258/258/2023/103(IUL)
އިޢުލާން
ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން.
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު 12 ޖޫން 2023 އިން 22 ޖޫން 2023 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
- ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅާ ފޯމް 12 ޖޫން 2023 އިން ފެށިގެން ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.
- ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅާ ފޯމް ބަލައި ގަތުމަށް ހަމަޖެހިފައިވަނީ 12 ޖޫން 2023 އިން 22 ޖޫން 2023 ވަނަ ދުވަހުގެ 13:00 އަށް ކަމުގައި ދަންނަވަމެވެ.
- ފޯމް ފުރިހަމަކޮށް ހުށަހަޅުއްވާއިރު ފޯމާއެކު ހުށަހެޅުމަށް ބަޔާންކޮށްފައިހުރި ލިޔުންތައް ހަމަކުރައްވައި ހުށަހެޅުއްވުމަށް ސަމާލުކަން ދެއްވުމަށް ދަންނަވަމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
23 ޛުލްޤައިދާ 1444
12 ޖޫން 2023
12 ޖޫން 2023
ހޯދާ