ދިވެހިރާއްޖެ
(IUL)307/INDIV/2023/44 :ނަންބަރު
1444ވަނަ އަހަރު "މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް" އިން އެކުލަވާލާފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަތޮޅު ތެރެއިން އަލަށް ރެޖިސްޓްރީވުމަށް އެދޭ ފަރާތްތަކަކަށް ރެޖިސްޓްރީވުމުގެ ފުރުޞަތު 12 ޖޫން 2023 އިން 22 ޖޫން 2023 ވަނަ ދުވަހުގެ 13:00ގެ ނިޔަލަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންވަނީ އާންމުކޮށް ހުޅުވާލާފައެވެ.
ވީމާ، މިރަށުގައި ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން 2023 ޖޫން 22ވަނަ ދުވަހުގެ 13:00 ގެ ކުރިން ފޯމު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
ފޯމު ދޫކުރުމާއި ބަލައިގަތުން: 12 ޖޫން 2023 ވަނަ ދުވަހުން ފެށިގެން 22 ޖޫން 2023 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 އިން 13:00 އަށް
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.