ދިވެހިރާއްޖެ
މިކައުންސިލްގެ ނަމްބަރު:(IUL)392-ADM/392/2023/25 (4/6/2023) އިޢުލާނާއި ގުޅިގެން އެކަށީގެންވާ މިންވަރަށް ހުށަހެޅުމެއް ލިބިފައިނުވާތީ، ވޭމަންޑޫ ކައުންސިލުންދޭ މަޢުލޫމާތާއި، ލިސްޓާއި އެއްގޮތައް 1444 ވަނައަހަރުގެ އަލްޙާޢީދުގެ އެކިއެކި ޙަރަކާތްތަކަށް ބޭނުންވާ ތަކެތި ވޭމަންޑޫ ކައުންސިލަށް ފޯރު ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ތާރީޚަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ، ކައުންސިލް އިދާރާއަށް ވަޑައިގެން ނުވަތަ ފޯން، ނުވަތަ އީމެއިލްގެ ޒަރިއްޔާއިން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މަސައްކަތާއި ގުޅުންހުރި އެންމެހައި ލިޔެކިއުންތައް މެއިލް ކުރައްވާނީ [email protected] އަދި [email protected] އަށް ސީ. ސީ ކުރަންވާނެއެވެ.
ބީލަންވެރިން ރަޖިސްޓްރީ ކުރުން: |
12 ޖޫން 2023 އިން 17 ޖޫން 2023 ވަނަ ދުވަހުގެ 14:00 އަށް، |
ބީލަން ހުށަހެޅުމާއި، ހުޅުވުން: |
18 ޖޫން 2023 ވަނަދުވަހުގެ 10:30 ގައި ވޭމަންޑޫ ކައުންސިލްގެ އިދާރާގައި، ބީލަން ހުށަހަޅާނީ ވޭމަންޑޫ ކައުންސިލްގެ އިދާރާއަށް ޙާޟިރުވެއެވެ. މިގޮތުން ޙާޟިރުނުވެ ހުށަހަޅާ ހުށަހެޅުމެއް ބަލައި ނުގަނެވޭނެއެވެ. |
މިބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މި ޚިދުމަތް ދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތައް 12 ޖޫން 2023 އިން ފެށިގެން މިއިދާރާއިން ލިބެންހުންނާނެއެވެ. މި މަސައްކަތާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ނުވަތަ ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 17 ޖޫން 2023 ވަނަ ދުވަހުގެ 10:30 ގެ ކުރިން، މަތީގައިވާ އީމެއިލް އެޑްރެހަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަކާއި، މިއިދާރާގައި ބީލަންވެރިންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިނުވާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާފަރާތުގެ ނަންލިޔެވިފައި އޮންނަންވާނެއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.