ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ފިއްލަދޫ ކައުންސިލަށް ޑަމްޕް ޕިކަޕެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

ނަމްބަރ:(IUL)252/252/2023/46

ޢިއުލާން

މިކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް މިކައުންސިލަށް ޑަމްޕް ޕިކަޕެއް ހޯދައިދޭނެ ފަރާތެއް ބޭނުންވެއްޖެ.

 

 

                     މި ކައުންސިލްގެ ނަމްބަރ (IUL)252/252/2023/42 އިޢުލާނާއި ގުޅިގެން މި ކައުންސިލަށް ޑަމްޕް ޕިކަޕެއް ފޮރުކޮށްދިނުމަށް އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށައަޅުއްވާފައި ނުވާތީ އެ އިޢުލާނު ބާތިލްކޮށް މި ކައުންސިލުންދޭ ސުޕެސިފިކޭޝަންތަކާއި އެއްގޮތަށް މިކައުންސިލްގައި ބޭނުންކުރުމަށް ޑަމްޕް ޕިކަޕެއް ހޯދައިދީ ފުރިހަމަ ކުރަންޖެހޭ އެންމެހާ އިދާރީކަންކަން ފުރިހަމަ ކުރުމަށްފަހު ޕިކަޕް މިކައުންސިލަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.

                 ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވަވާ މައުލޫމާތު ސާފުކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ. މިމަސައްކަތްކުރުމަށް ބީލަން ހުށަހޭޅެނެ ފަރާތްތައް ބީލަން ފޮތުގެ ސެކްޝަން 02 ގެ 02 ވަނަ މާއްދާގައި ބަޔާންކޮށްފައިވާނެއެވެ.

                   ބީލަމުގައި ބައިވެރިވުމަށްއެދޭ ފަރާތްތަކުން "ބީލަން ރަޖިސްޓްރީ ކުރާ ފޯމް" ފުރުއްވުމަށްފަހު  މިކައުންސިލް އިދާރާގެ އީމެއިލް [email protected] އަށް ފޮނުވައިގެން ނުވަތަ ކައުންސިލަށް ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އީމެއިލް ޒަރިއްޔާއިން ރަޖިސްޓްރީ ކުރައްވާނަމަ ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރު ކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ.

ބީލަން ރަޖިސްޓްރީ ކުރުން

20 ޖޫން 2023 ވަނަ ދުވަހުގެ 13:30 ގެކުރިން

ޕްރީ- ބިޑް ބައްދަލުވުން

ބީލަން ފޮތް އާއްމުކުރެވިފައިވާތީ ޕްރީ ބިޑް މީޓިން ބޭއްވުމަށް ހަމަޖެހިފައެއްނުވޭ

ބީލަން ބަލައިގަތުން

21 ޖޫން 2023 ވަނަ ދުވަހުގެ 13:00 ގެކުރިން

ބީލަންތައް ހުޅުވުން

21 ޖޫން 2023 ވަނަ ދުވަހުގެ 13:05 ގައި ހއ. ފިއްލަދޫ ކައުންސިލް އިދާރާގައި

 

                    ބީލަން ހުށަހެޅުމަށާއި ބީލަން ހުޅުވާ ގަޑިއަށް ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ޚާޟިރުގައެވެ. ބީލަން ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރ: 6500023 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

                     މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

23 ޛުލްޤައިދާ 1444ހ

12 ޖޫން 2023މ

12 ޖޫން 2023
ހޯދާ