ހެނބަދޫ ސްކޫލް
ދިވެހިރާއްޖެ
ބައެއް ކުލާސްރޫމްތަކުގެ ފާރުން ސިމެންތި ކޮށާ ސިމެންތި ޖެހުން

މި ސްކޫލަށް ތިރީގައި އެވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝަރުތު ހަމަވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާންކޮށްފައި ވާނެއެވެ. ބީލަންފޮތް މި އިޢްލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

      މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2023 ޖޫން 13 ން 2023 ޖޫން 15 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 8:30 އާ 13:30އާ ދެމެދު ސުކޫލަށް ގުޅުއްވާ ނުވަތަ އީ މެއިލް މެދުވެރިކޮށް ނުވަތަ ސްކޫލަށް ދުރުވެ ނަންނޯޓް ކުރެއްވުން އެދެމެވެ.

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ޖޫން 18 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ މެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

މި ބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2023 ޖޫން 19 ވާ ހޯމަ ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި ބީލަން ހުށަހެޅުއްވުމަށް  ވެރިފަރާތުގެ ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، ވެރިފަރާތުގެ ސިޓީ އާއި  ބަދަލުގައި  ދުރުވާ ފަރާތުގެ އައި.ޑީ. ކާޑުގެ ކޮޕީ ހުށަހަޅަން ވާނެއެވެ.

ބީލަން ހުށަހެޅުމާ ހުޅުވުން އޮންނާނީ 2023 ޖޫން 22 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި ސްކޫލްގައެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނޯޓް: ބީލަން ހުށަހެޅުމުގެ ފުރުސަތު އޮންނާނީ ކަނޑައެޅިފައިވާ މުއްދަތުގައި ނަން ނޯޓް ކުރައްވާފައިވާ  ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ.  

 

        ހެނބަދޫ ސުކޫލް

        ނ. ހެނބަދޫ / ދިވެހިރާއްޖެ

        ފޯން: 6560571

        އީމެއިލް: [email protected]

12 ޖޫން 2023
ހޯދާ