މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މުވައްޒަފުން ބޭނުންވެއްޖެ:

މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

މަޤާމު:                 ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:            01

ވަޒީފާގެ ބާވަތް:            ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީމަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު) 

ޑިޕާޓްމަންޓް:              ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން - ކޯޕަރޭޓް އެފެއާޒް ސެކްޝަން

އަސާސީ މުސާރަ:            -/8200ރ.

ސާރވިސް އެލަވަންސް:         -/2000ރ.

އެހެނިހެން އެލަވަންސް/އިނާޔަތް :    އިތުރުގަޑީގެ ފައިސާ / އެޑިޔުކޭޝަން އެލަވަންސް/ރިޓަޔަމަންޓް ޕެންޝަން ސްކީމް/ މެޑިކަލް އިންޝުއަރެންސް

މަސައްކަތް ކުރަންޖެހޭ ތަން:       ކޯޕަރޭޓް އެފެއާޒް /އެމްޓީސީސީ ހެޑްއޮފީސް  - 07 ވަނަ ފަންގިފިލާ

ޝަރުޠު:  ޑިގްރީ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ މަޤާމާ ގުޅޭ ދާއިރާއަކުން ޑިގްރީ ފުރިހަމަ ކުރުމާއެކު، މިމަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއިން ތަޖުރިބާ ލިބިފައިވުމަކީ އިންޓަރވިއުއަށް ޝޯޓްލިސްޓް ވުމުގައި ލިބިދެވޭ ކުރިއެރުމެކެވެ.

       މައިކްރޯސޮފްޓް އެކްސެލް (އެޑްވާންސް) އަދި އޮފީސް ޕެކޭޖްތަކަށް ފަރިތަވުން

       އޮފީސް މަސައްކަތް ކުރުމުގެ ހުނަރު އަދި ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށް ގެންދިއުމުގެ ޤާބިލުކަން އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން

       މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް : ޑިރެކްޓަރުންގެ ބޯޑް އަދި ސަބްކޮމިޓީތަކުގެ އެންމެހާ އިދާރީ މަސައްކަތް ކުރުމުގައި ކޮމްޕެނީ ސެކްރެޓަރީއަށް ދޭންޖެހޭ އެހީތެރިކަންދިނުން، ހިއްސާދާރުންގެ އެންމެހާ ކަންކަން ބެލެއްހެއްޓުމާއި މިކަންކަމުގެ ލިޔެކިޔުން ބެލެހެއްޓުމާއި ރިޕޯޓް ތައްޔާރުކުރުން.

 

މަޤާމު:                 ޕްރޮޑަކްޓްސް އޮފިސަރ

ބޭނުންވާ އަދަދު:            01

ޑިޕާޓްމަންޓް:              ސޭލްސް އެންޑް މާރކެޓިންގ ޑިޕާޓްމަންޓް

ވަޒީފާގެ ބާވަތް:            ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

އަސާސީ މުސާރަ ރޭންޖް:       -/6600 ރ.

ސަރވިސް އެލަވަންސް:        -/1500ރ.

ފިކްސްޑް އެލަވަންސް:         އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/އިނާޔަތް :   އިތުރުގަޑީގެ ފައިސާ / އެޑިޔުކޭޝަނަލް އެލަވަންސް/ރިޓަޔަމަންޓް ޕެންޝަން ސްކީމް

މަސައްކަތް ކުރަންޖެހޭ ތަން:      ސޭލްސް އެންޑް މާރކެޓިންގ ޑިޕާޓްމަންޓް/އެމް.ޓީ.ސީ.ސީ ސޯމިލް

ޝަރުޠު:  މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުން ނުވަތަ

      ޖީ.ސީ.އީ އޭ ލެވްލް އާއިއެކު މިފަދަ ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހާސިލުކޮށްފައިވުން ނުވަތަ

      ޖީ.ސީ.އީ އޯ ލެވްލް އާއިއެކު މިފަދަ ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހާސިލުކޮށްފައިވުން.

      ކަސްޓަމަރުންނަށް ޕްރޮޑަކްޓްތަކުގެ މަޢުލޫމާތު ފޯރޮކޮށްދިނުމުގެ ހުނަރު ލިބިފައިވުން އަދި ޓެކްނިކަލް ޕްރޮޑަކްޓްސްތަކުގެ މަޢުލޫމާތު ދެނެގަތުމަށް ޝައުޤުވެރިކަން ހުރުން.

      ކަސްޓަމަރުންނަށް އިޙުތިރާމާއެކު މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.

      މަލްޓި ޓާސްކިންގ ކުރުމުގެ ހުނަރު އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.

      އިގިރޭސި އަދި ދިވެހި ބަހުން ފުރިހަމައަށް މުއާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.

      މައިކްރޮސޮފްޓް އޮފިސް ޕެކޭޖްތަކަށް ފަރިތަވުން އަދި ކަސްޓަމް ސޮފްޓްވެއަރތަކަށް ދެނެގަތުމަށް ޝައުޤުވެރިކަން ހުރުން.

      ޕްރޮމޯޝަނަލް ކަންކަމުގައި ރާއްޖެތެރޭގެ އެކި ރަށްތަކަށް ދަތުރުކުރެވޭނެ މީހަކުކަމުގައިވުން.

      މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް : ޑިޕާޓްމަންޓްގެ ސޭލްސް މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެ ކަސްޓަމަރުންނާއި ސްޕަލަޔަރުންނަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު ފުރިހަމައަށް ފޯރުކޮށްދިނުން. އަދި ޕްރޮޑަކްޓްސްތަކުގެ އިންވެންޓްރީ އަދި ޕްރޮމޯޓްކުރުމުގެ މަސައްކަތުގައި އެހީތެރިވުން.

 

މަޤާމު:                   މެކޭނިކް (މެރިން)

ބޭނުންވާ އަދަދު:              02   

ވަޒީފާގެ ބާވަތް:              ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާޓްމަންޓް:                ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

އަސާސީ މުސާރަ:             -/5500ރ.

ސަރވިސް އެލަވަންސް:          -/1000ރ.

ޓެކްނިކަލް އެލަވަންސް:          -/1500ރ.

ފިކްސްޑް އެލަވަންސް:           އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/އިނާޔަތް :    ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިންޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:       ހުޅުމާލެ/މާލެ  ނުވަތަ ވިލިނގިލި/މާލެ ފެރީ ޓަރމިނަލް ނުވަތަ ޑިޕާޓްމަންޓުން އަންގާ ތަނެއްގައި -  ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

ޝަރުޠު: ޑިޕްލޮމާ/އެޑްވާންސްޑް ސެޓުފިކެޓު އިން މެކޭނިކަލް އިންޖިނިއަރިންގ ނުވަތަ 3-5 އަހަރު ގެ އޮޓޯމޮބައިލް އިންޖީނު މަރާމާތުކުރުމުގެ ތަޖުރިބާ ލިބިފައިވުން.

      މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރެވޭނެ ޞިއްޙަތު ރަނގަޅު މީހެއްކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ޑިޕާޓްމަންޓަށް ބޭނުންވާ މެކޭނިކަލް މަރާމާތުގެ އެންމެހާ މަސައްކަތްކުރުން އަދި ހަވާލުކުރެވިފައިވާ މަސައްކަތް ރޭވުމާއި އަދި ދުވަހުން ދުވަހަށް މަސައްކަތް ނިންމުން.

 

މަޤާމު:                  މެކޭނިކް (އޮޓޯމޮބައިލް / ހައިޑްރޯލިކް)

ބޭނުންވާ އަދަދު:             02   

ވަޒީފާގެ ބާވަތް:             ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާޓްމަންޓް:               ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

އަސާސީ މުސާރަ:             -/5500ރ.

ސަރވިސް އެލަވަންސް:          -/1000ރ.

ޓެކްނިކަލް އެލަވަންސް:          -/1500ރ.

ފިކްސްޑް އެލަވަންސް:          އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/އިނާޔަތް:     ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތް އިންޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:       ހުޅުމާލެ/މާލެ ނުވަތަ ވިލިނގިލި/މާލެ ފެރީ ޓަރމިނަލް ނުވަތަ ޑިޕާޓްމަންޓުން އަންގާ ތަނެއްގައި -  ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

ޝަރުޠު: ޑިޕްލޮމާ/އެޑްވާންސްޑް ސެޓުފިކެޓު އިން މެކޭނިކަލް އިންޖިނިއަރިންގ ނުވަތަ 3-5 އަހަރު ގެ އޮޓޯމޮބައިލް އިންޖީން މަރާމާތުކުރުމުގެ ތަޖުރިބާ ލިބިފައިވުން.

     މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރެވޭނެ ޞިއްޙަތު ރަނގަޅު މީހެއްކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ޑިޕާޓްމަންޓަށް ބޭނުންވާ މެކޭނިކަލް މަރާމާތުގެ އެންމެހާ މަސައްކަތްކުރުން އަދި ހަވާލުކުރެވިފައިވާ މަސައްކަތް ރޭވުމާއި އަދި ދުވަހުން ދުވަހަށް މަސައްކަތް ނިންމުން.

 

މަޤާމު:                  އެސިސްޓަންޓް އޮޕަރޭޝަންސް އޮފިސަރ

ބޭނުންވާ އަދަދު:             02   

ވަޒީފާގެ ބާވަތް:             ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާޓްމަންޓް:              ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

އަސާސީ މުސާރަ:            -/5500ރ.

ސަރވިސް އެލަވަންސް:         -/1000ރ.

ފިކްސްޑް އެލަވަންސް:          އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/އިނާޔަތް :    ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތް އިންޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:       ހުޅުމާލެ/މާލެ ނުވަތަ ވިލިނގިލި/މާލެ ފެރީ ޓަރމިނަލް -  ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

ޝަރުޠު: ޖީ.ސީ.އީ އޯ.ލެވެލް (03 މާއްދާއިން ފާސްވެފައިވުން)      

     މައިކްރޮސޮފްޓް އޮފީސް ޕެކޭޖަށް ފަރިތަވުން.

     މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

     ޚިދުމަތް ހޯދާ ފަރާތްތަކަށް އިޙުތިރާމާއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބުމާއެކު އެކަމުގެ ޤާބިލުކަންހުރުން.

     ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭނެ ފަރާތެއް ކަމުގައިވުން.

     މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރެވޭނެ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން. 

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:  އޮޕަރޭޝަނުން އަންގާ ގޮތުގެ މަތިން އޮޕަރޭޝަންސްގެ އެންމެހާ މަސައްކަތްކުރުން އަދި މިކަމާބެހޭ ލިޔެކިޔުން ބެލެހެއްޓުން.

 

މަޤާމު:                  ބަސް ކޮންޑަކްޓަރ

ބޭނުންވާ އަދަދު:             01

ވަޒީފާގެ ބާވަތް:             ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާޓްމަންޓް:               ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

އަސާސީ މުސާރަ:            -/4700ރ.

ސާރވިސް އެލަވަންސް:         -/1000ރ.

ފިކްސްޑް އެލަވަންސް:          އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/އިނާޔަތް :    ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ / އެޑިޔުކޭޝަނަލް އެލަވަންސް/ ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތް އިންޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:       ހުޅުމާލެ ބަސް ސަރވިސް/ ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

ޝަރުޠު:  ގްރޭޑް 10 ގެ ފެންވަރު ނުވަތަ 1-2 އަހަރު ފައިސާއާއި މުޢާމަލާތުކުރުމުގެ ތަޖުރިބާ ލިބިފައިވުން.

       މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ތަޖުރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެ.     

       މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: އޮޕަރޭޝަނުން އަދި އޮޕަރޭޓަރ އަންގާ ގޮތުގެ މަތިން ދަތުރުގެ އެންމެހާ ކަންތައް ބަލަހައްޓައި ޕަސިންޖަރުންގެ ޓިކެޓް ކަންތައް ބެލެހެއްޓުން މީގެ އިތުރުން ބަސް ސާފުތާހިރުކޮށް ބެލެހެއްޓުން.

 

މަޤާމު:                  ކްރޫ

ވަޒީފާގެ ބާވަތް:             ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ބޭނުންވާ އަދަދު:             03

ޑިޕާޓްމަންޓް:               ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

އަސާސީ މުސާރަ:             -/4700ރ.

ސަރވިސް އެލަވަންސް:          -/1000ރ

ފިކްސްޑް އެލަވަންސް:           އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/އިނާޔަތް :    ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަރމަންޓް ޕެންޝަން ސްކީމް/ ޓްރިޕް އެލަވަންސް އަދި ކުންފުނީގެ ހެލްތް އިންޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:       ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް (ފެރީ/ލޯންޗްތަކުގައި)

ޝަރުޠު: އަސާސީ ތަޢުލީމީ ފެންވަރު

     ފަތަން ދަތުމާއެކު ކަނޑުމަތީގައި ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކު ކަމުގައިވުން. ކަސްޓަމަރުންނަށް އިޙުތިރާމާއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން. މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރެވޭނެ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް ހެދިފައިވާ ގަވާއިދާއި އުސޫލުތަކުގެ މަތިން ކުންފުނީގެ އުޅަނދުފަހަރު ދުއްވުމުގައި އެއުނޅަދެއްގެ އޮޕަރޭޓަރާއި ޕެސެންޖަރުންނަށް އެހީތެރިވުމާއި އެއްބާރުލުން ދިނުން އަދި އުޅަނދު ސާފުތާހިރުކޮށް ބެލެހެއްޓުން.

 

މަޤާމު:                   އޮޕަރޭޓަރ (ބަސް/ވޭން)

ބޭނުންވާ އަދަދު:              03

ވަޒީފާގެ ބާވަތް:              ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީމަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)       

ޑިޕާޓްމަންޓް:               ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

އަސާސީ މުސާރަ ރޭންޖް:        -/5500ރ.

ސާރވިސް އެލަވަންސް:         -/1000ރ.

ފިކްސްޑް އެލަވަންސް:          އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/އިނާޔަތް :    ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިންޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:       ހުޅުމާލެ ބަސް ސަރވިސް/ ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

ޝަރުޠު: ބަސް ނުވަތަ ވޭން ދުއްވުމުގެ ލައިސަންސް ލިބިފައިވުން (50 ޕެސެންޖަރ)

މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް :   އޮޕަރޭޝަނުން އަންގާ ގޮތުގެ މަތިން ބަސް އޮޕަރޭޓްކޮށް އަދި ޓްރާންސްޕޯޓުގެ ގަވާއިދާ އެއްގޮތަށް ޕަސިންޖަރުންނާއި އުޅަނދުގެ ސަލާމަތްތެރިކަމާއެކު ބަސް އޮޕަރޭޓްކުރުން.

 

މަޤާމު:                   ސެކިއުރިޓީ އޮފިސަރ

ބޭނުންވާ އަދަދު:              01

ވަޒީފާގެ ބާވަތް:              ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީމަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާޓްމަންޓް:                ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

މުސާރަ:                   -/4700ރ.

ސަރވިސް އެލަވަންސް:          -/1000ރ.

ފިކްސްޑް އެލަވަންސް:           އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/އިނާޔަތް:      ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިންޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:        ހުޅުމާލެ/މާލެ ނުވަތަ ވިލިނގިލި/މާލެ ފެރީ ޓަރމިނަލް- ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

ޝަރުޠު: ގްރޭޑް 10 ގެ ފެންވަރު ނުވަތަ މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ތަޖުރިބާހުރުމާއެކު ޤާބިލުކަންހުރުން.

      ޚިދުމަތް ހޯދާ ފަރާތްތަކަށް އިޙުތިރާމާއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.

      މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރެވޭނެ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ކުންފުނީގެ ފެރީ ޓާރމިނަލްތަކުގެ ސެކިއުރިޓީ ބެލެހެއްޓުމާއި އަދި މިފަދަ ތަންތަނުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް އެންމެ އެދެވޭ ގޮތުގައި އެހީތެރިވުން.  

ވީމާ، މިމަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 4 ފެބުރުވަރީ 2015 ވަނަ ދުވަހުގެ 15:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑް އޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯމު" ފުރިހަމަކުރެއްވުމަށްފަހު، ފޯމާއެކު ލިބިވަޑައިގެންފައިވާ ތަޢުލީމީ ސަނަދުތަކުގެ އަސްލާ އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ހުށަހެޅުއްވުން އެދެމެވެ. މިތަކެތި ފެކްސް އަދި އީމެއިލުންވެސް ޤަބޫލު ކުރެވޭނެއެވެ. މި ފޯމު ކުންފުނީގެ ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.

ފެކްސް ނަންބަރު: 3221 332

އީމެއިލް: [email protected]

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓުފިކެޓު ހުށަހަޅާފައިވާނަމަ، އިންޓަރވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާ އެކުގައެވެ.)
  • މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.
  • އިންޓަރވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.

6 ރަބީޢުލްއާޚިރު 1436

28 ޖަނަވަރީ 2015
ހޯދާ