މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމާއި ގުޅޭ.

 

          ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުޞަތު  12 ޖޫން 2023 އިން ފެށިގެން ހުޅުވާލައި، ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން ހުށަހަޅާ ފޯމް ބަލައިގަތުން  12 ޖޫން 2023 އިން 22 ޖޫން 2023 ވަނަ ދުވަހުގެ 13:00 ނިޔަލަށް އޮންނާނެއެވެ.

          ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް 12 ޖޫން 2023 އިން ފެށިގެން މިކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. ފަޤީރުންނާއި، މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށްއެދި ފޯމް ހުށަހަޅުއްވާ ފަރާތްތަކުން ފޯމްގައިވާ ހުރިހާ މަޢުލޫމާތުތަކާއި ލިޔުންތައް ފުރިހަމަކުރައްވާ ކަނޑައެޅިފައިވާ މުއްދަތުގައި ފޯމް ހުށަހެޅުއްވުމަށް ދެންނެވީމެވެ.

 

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.       

                                23 ޛުލްޤައިދާ  1444

                                  12 ޖޫން 2023

 

 

 

 

 

 

12 ޖޫން 2023
ހޯދާ